އައްޑޫ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ އެތައް ގުރުބާނީއެއް ވަމުން ކަމަށް އެ ސިޓީގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުން އައްޑޫ ރައްޔިތުންނާމެދު އިހުމާލުވެފައިވާ ކަމަށެވެ.
ނަމަވެސް ކޮވިޑަށްފަހު ހަނގުރާމައިގެ ދަތި ދުވަސްވަރު ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި އެތައް ގުރުބާނީއެއް ވަމުން ކަމަށެވެ.
އެކަން ފާހަގަކުރައްވައި ނިހާދު ވިދާޅުވީ ރައީސް ޞާލިޙް އައްޑޫގެ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.