ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ- ޑރ.ޑީޑީ

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށާ އަދި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ނުހުންނާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވެއްޖެވެ.

ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) މިހެން ވިދާޅުވީ ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ.ދީދީ ވިދާޅުވީ ކުޑަ އަގެއްގައި ރައްޔިތުންނަށް ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސަވައި އާރުޓީއެލް ފެރީގެ ނިޒާމުން ރައީސް ސޯލިހް މުޅިރާއްޖެ ގުޅާލެއްވީ ރަށްޓެހިންނަށް ފަޅުރަށްތައް ބައްސަވައިގެން ނޫން ކަމަށެވެ.

 ޑރ.ޑީޑީ ވިދާޅުވީ މުޅި ދުނިޔެއަށް އައިސްފައިވާ އިގްތިސާދީ ހީނަރުކަމުގެ ތެރެއިން ސިވިލް ސާވިސްއާއި ސިޔާސީ ބޭފުޅުންނާއި ފުލުހުންނާއި ސިފައިންގެ މުސާރައިން ލޯ ލާރިއެއް ވެސް ސަރުކާރުން އުނިކޮށްފައިނުވާ ކަމަށެވެ. އަދި އިގްތިސާދީ ހީނަރުކަމާއި އެކުވެސް ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަނީ ރައީސް ސޯލިހްގެ ހިކުމަތުގެ ކުޅަނދާނަކަމުން ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރަށް ޑރ. ޑީޑީ ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު ނަގަހައްޓައި ޕާޓީގެ އަސްލު ރޫޙު ދެމެހެއްޓޭނެ ވިސްނުން ހުރި ހިކުމަތްތެރި ލީޑަރަކީވެސް ރައީސް ސޯލިހު ކަމަށެވެ.

” އަޅުގަނޑުމެން ތާރިޚަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ 2018 ވަނަ އަހަރު ރައީސް ސޯލިހް ކޯލިޝަން ކެންޑިޑޭޓަކަށް ހުންނަވައިގެން ހޯއްދެވި ކާމިޔާބީއަކީ މި ރާއްޖޭގެ ސިޔާސީ ތާރިޚުގައި ކެނޑިޑޭޓަކު ހޯއްދެވި އެންމެ ބޮޑު ކާމިޔާބު ، އޭރު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ގިނައިސްބޭފުޅުންތިބީ ޖަލުގައި އަދި ރާއްޖެއިން ބޭރުގައި އެކިގޮތްގޮތަށް ތާށިވެފައި.  އޭރު  މަޝްވަރާކުރެވުނު ޖޭޕީގެ ލީޑަރު ގާސިމާ، ޖޭޕީގެ ލީޑަރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު ތިބޭފުޅުން ނެރުއްވައިފި ނަމަ ތިމަންނަ ކޯލިޝަނަކަށް ތާއިދެއް ނުކުރާނަމޭ، އެހެންވީމަ އަޅުގަނޑަށް އެބަ ގަބޫލުކުރެވޭ 2023ގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ކަށަވަރުވެއްޖެ ކަމަށް ވާނަމަ ރާއްޖޭގައި ތިބި އިދިކޮޅު ސިޔާސީޕާޓީ ތަކުގެ ލޯތްބާއި އިހުތިރާމް ލިބޭނެ ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ސޯލިހްކަން.”

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ޑީޑީ ވިދާޅުވިއެވެ.

advertisement

Next: ކުޑަކާއްޓޭއާއި އެޑަމް  ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި