ފޮޓޯއިން ޚަބަރު: ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ހުޅުދޫގައި ފާހަގަކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ގައުމީ އެއްބައިވަންތަކަމުގެ ފާހަގަކުރުމުގެ ގޮތުން 26 ޑިސެމްބަރ 2022 ވަނަ ދުވަހު  ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ހުޅުދޫގައި ބޭއްވުނުހިގާލުމުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް  

މިހިގާލުން ބާއްވާފައިވަނީ ހުޅުދޫ އޮފީސް ކައިރިން ފަށައިގެން އިރަށްގޮސް  މަޖުދުއްދީންމަގުން ގޮސް މަޖުދުއްދީންމަގު ނިމޭ ހިސާބަށް

ކުޑަކުދީންނާއި ބޮޑެތި މީހުންބައިވެރިވި މިހިގާލުން ބޭއްވުނީ ހުޅުމީދޫގެ ސަރުކާރުގެ މުވައްސަސާތަކާއި ހުޅުދޫގެ ޖަމްއިއްޔާތައް ގުޅިގެންކަމަށް މައުލޫމާތު ލިބިފައިވޭ .

2004ގެ ސުނާމީގައި  ހުޅުދޫއާއި ރާއްޖޭގެ ބައެއް ރަށްތަކަށް ލިބުނު ގެއްލުމާއި އާއިލާތަކަށް ލިބުނު ހިތާމާގައި ހުޅުދޫގެ ރައްޔިތުން ވެސް ބައިވެރިވާކަން ހާމަކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހުޅުދޫގައި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަމުންދޭ

ސުނާމީގެ ކާރިސާގައި މުޅި ރާއްޖެއިން 82 މީހަކު މަރުވެ 26 މީހުން ގެއްލިގެން ދިޔަ . އެ ފަރާތްތަކުގެ އާއިލާއަށް އެދުވަހަކީ ހިތާމައިން ފުރިފައިވާ ދުވަހެއް. އަދި ވެސް ބައެއް އާއިލާތަކުން ގެއްލުނު ކުދިނަށް ވީނުވީއެއް ނޭގޭ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- މިހިގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- ވެމްކޯގެ ބައެއް މުވައްޒަފުން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- މިފްކޯގެ މުވައްޒަފުން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- މީދޫ އަދި ހުޅުދޫ ކޯޓްގެ މުވައްޒަފުން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫގައި ބޭއްވުނު ހިގާލުން -26-12-2022- ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންގެ މުވައްޒަފުން

ޚަބަރާއި ގުޅޭ ފޮޓޯތައް: ހުޅުދޫ އަވަށު އޮފީހުގެ ފޭސްބުކް ޕޭޖުން ނަގާފައި

Next: ބްރެޒިލްގެ ލެޖެންޑް ޕެލޭގެ މަރުވެއްޖެ