ތަމްރީނާއި ތަޖުރިބާ ހާސިލުކުރުމަށް އައްޑޫސިޓީގެ ޑަބްލިއުޑީސީގެ މެމްބަރުން ށ. އަތޮޅަށް ދަތުރުކޮށްފި

އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ( ޑަބްލިއުޑީސީ ) ގެ މެމްބަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ށ އަތޮޅުގެ އެކިރަށްރަށަށް ދަތުރުތަކެއް ކޮށްފިއެވެ.  

އައްޑޫސިޓީގެ ޑަބްލިއުޑީސީ މެމްބަރުން މިދަތުރުގައި ށ އަތޮޅުގެ އެކިރަށްރަށުގެ ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައްދަލުކުރުމުގެ އިތުރަށް ބައެއް  ކައުންސިލް އިދާރާތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި މައުލޫމާތުތައް ވަނީ  ހޯދާފައެވެ.  

މިގޮތުން ށ އަތޮޅުގެ ކައުންސިލްތަކުގެ  އިދާރީ ހިންގުމާއި އެކައުންސިލްތަކުގެ  ޕްރޮގުރާމްތައް ރާވައި ހިންގާ ގޮތުގެ ތަޖުރިބާ ހޯދުމުގެ އިތުރަށް  މިދަތުރުގައި ވަރަށް ގިނަ އާ ކަންތައްތަކެއް އެނގިގެން ގޮސްފައިވާކަމަށް މިދަތުރުގައި ބައިވެރިވި އައްޑޫސިޓީ ޑަބްލިއުޑީސީގެ ނާއިބް ރައީސާ ނައުމާ  މައުލޫމާތު ދީފައިވެއެވެ .  

އައްޑޫސިޓީ ޑަބްލިއުޑީސީ މެމްބަރުން ށ. ގޮއިދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން – ފޮޓޯ: ޑަބްލިއުޑީސީ – އައްޑޫ

އައްޑޫސިޓީގެ ޑަބްލިއުޑީސީގެ މެމްބަރުން ށ އަތޮޅަށް ކުރި މިދަތުރުގައި ށ. އަތޮޅުގެ ޑަބްލިއުޑީސީގެ މެމްބަރުންނާއި ކައުންސިލްތަކުން ދެއްވި  ހޫނު މަރުހަބާ އާއި ބެހެއްޓި މެހެމާންދާރީ ފާހަގަކުރައްވާ އެފަރާތްތަކަށް އައްޑޫސިޓީގެ ޑަބްލިއުޑީސީގެ މެމްބަރުންގެ ނަމުގައި ނައުމާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިއީ މިގޮތަށް އައްޑޫސިޓީގެ ޑަބްލިއުޑީސީ މެމްބަރުން ތަޖުރިބާ ހޯދުމަށް ކުރި ދެވަނަ ދަތުރެވެ. މިދިޔަ އަހަރު އައްޑޫސިޓީ ޑަބްލިއުޑީސީގެ މެމްބަރުން ދަތުރުކޮށްފައިވަނީ ހއ، ހދ އަތޮޅަށެވެ.

ށ އަތޮޅަށް އައްޑޫސިޓީގެ ޑަބްލިއުޑީސީ މެމްބަރުން ކުރި މިތަރުގައި  ޑަބްލިއުޑީސީގެ  8 މެމްބަރުން ބައިވެރިވެފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް ...

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފި

ޝަރީފީ ޕްރީސްކޫލްގައި މާމަ ކާފަ ދުވަސް ފާހަގަކޮށްފިއެވެ. ޝަރީފީ ޕްރީ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ” މަގޭ ...