ގުޅީފަޅުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ގުޅީފަޅުގައި އަލިފާނުގެ ޙާދިސާ ހިނގި އެފްކޮންގެ ސައިޓުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހްލީލުތައް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގީ، ގުޅީފަޅުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައެވެ. އެއީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ބައިތިއްބާފައި ތިބި އެކަމަޑޭޝަން ބްލޮކެކެވެ. އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކުރީ، ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:30ހާއިރުއެވެ. އަލިފާންގަނޑު ނިއްވާލެވިފައިވަނީ އޭގެ ދޮޅުގަނޑިއެއްހާއިރު ފަހުންނެވެ. މިސައިޓް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

މި ޙާދިސާއާއި ގުޅިގެން 78 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވެއެވެ.

އޭގެ ތެރެއިން 34 މީހުންނަކީ އެޑްމިޓްކޮށްގެން ފަރުވާދިން މީހުންނެވެ. ކުދި އަނިޔާތައް ލިބިގެން 24 މީހަކަށް ފަރުވާދީފައިވާއިރު، އިތުރު ފަރުވާއަށް 4 މީހެއްގެ ސަރޖަރީ ހަދާފައިވެއެވެ. 28 މީހަކު ފިޔަވައި އެހެން އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް އެފްކޮންސް ކުންފުނިން ބުނެއެވެ.

މި ހާދިސާގައި މީހަކު ގެއްލިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވަނީ އަލިފާނުގެ ޙާދިސާއަށް އެއް ދުވަސް ފަހުންނެވެ. ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނިން ފުރަތަމަ ބުނެފައިވަނީ ސައިޓްގައި ދިރިއުޅެމުންދިޔައީ 456 މީހުންކަމަށެވެ. ނަމަވެސް އެ ހަދިސާއަށްފަހު އެތނަުގައި ދިރިއުޅުނު މީހަކު މަދުވާ ކަމަށް އެތަނުގައި ދިރިއުޅުނު ފަރާތްތަކުން ފާހަގަކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން އެމްއެންޑީއެފްއިން ވަނީ، އަލިފާނުގެ ޙާދިސާ ހިނގި ސައިޓް އިތުރަށް ބަލާފައެވެ. ފުލުހުން ވިދާޅުވީ އަނދާފައިވާ އެކޮމަޑޭޝަން ބްލޮކް ހިމެނޭ ސަރަޙައްދު ބެލުމުގެ ތެރޭގައި، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ.

އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގިއިރު އެކަމަޑޭޝަން ބްލޮކްގައި ތިބި މީހުންނަށްވަނީ، އިތުރު އެކޮމަޑޭޝަން ބްލޮކްތަކުގައި ބޯހިޔާވަހިކަން ހަމަޖައްސާފައެވެ. އެގޮތުން ގުޅީފަޅާއި، ހުޅުމާލޭގައި ހުރި ސައިޓެއްގައި އެމީހުންނަށް އެކަމަޑޭޝަން ވަނީ ހަމަޖައްސާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 11 ސެޕްޓެމްބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް : ރާއްޖެ ކަޓައިފި

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުން ރާއްޖެ ކަަޓައިފިއެވެ. ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މިމުބާރާތުން ރާއްޖެ ކެޓީ ...

މަޙްމޫދުގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފި

އދ.ދަނގެތީގައި މަރާލައިފައި އޮއްވާ ފެނުނު މަޙްމޫދު އަބޫބަކުުރު (57 އ) ގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފިއެވެ. ...