އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް ނަޝީދު އިއުލާނު ކުރައްވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަ ކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މީގެ ކުރިން ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ ޕާޓީގެ ބައެއް އިސް ބޭފުޅުންނާއިއެކު ވަކިން ވަޓްސްއެޕް ގުރޫޕެއް ހައްދަވައިގެން ކެމްޕޭނުގެ މަސައްކަތް ކުރައްވަމުން ގެންދެވިކަން ވަނީ ހާމަވެފައެވެ.

ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަ ކުރައްވާނެކަން ރައީސް ނަޝީދު އިއުލާނު ކުރައްވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އެމަނިކުފާނަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވާފައިވާއިރު މީގެ ކުރިން ރައީސް ޞާލިޙް ވެސް ވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ހާމަ ކުރައްވާފައެވެ. ނަމަވެސް ރައީސް ޞާލިހުވެސް އަދި ރަސްމީކޮށް ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައެއް ނުވެއެވެ.

އެމްޑީޕީން މިހާރުވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫ ސާފް ޗެމްޕިއަންޝިޕް : ބަގްލާދޭޝް ބަލިކޮށް ދިވެހިޓީމް އުއްމީދު އާކޮށްފި

ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައި، ދިވެހި ޓީމުން އުންމީދު އާކޮށްފި އެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާއި ...

“ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ”

އައްޑޫސިޓީގެ ތަޢުލީމީ ދާއިރާ އެހެން ހަރުފަތަކަށް ގެންނަންޖެހޭ ކަމަށް މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވީ ...

ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފި

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ...