ފީފާ ވޯލްޑް ކަޕް 2022 ގައި ރޭ ލިއޮނަލް މެސީގެ އާޖެންޓީނާއިން ފަސޭހަކަމާއެކު އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3 – 0 ންނެވެ. ފަސޭހަކަމާއެކު އާޖެންޓީނާއިން މިމެޗުން މޮޅުވިއިރު މިއީ އާޖެންޓީނާ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި 6 ވަނަ ފަހަރެވެ.
އެންމެފަހުން އާޖެންޓީނާއިން ވޯލްޑްކަޕެއްގެ ފައިނަލުގައި ކުޅެފައިވަނީ 2014 ވަނަ އަހަރު ޖަރުމަނާ ދެކޮޅަށެވެ. އެފަހަރުގެ ފައިނަލުން ޖަރުމަން އަތުން 1 – 0 ން ބަލިވީ އެވެ.
ކްރޮއެޝިއާއި ބައްދަލުކޮށް އާޖެންޓީނާ ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ގިނައިރު ބޯޅަ ހިފަހައްޓާ ފައިވަނީވެސް އާޖެންޓީނާއެވެ.
މިމެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗްގެ 34 ވަނަ މިނެޓުގައެވެ. މިލަނޑަކީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޯވިޗް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑު ދެއްކުމަށްފަހު ރެފްރީ އާޖެންޓީނާއަށް ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މިޕެނަލްޓީން އާޖެންޓީނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ.
މިމެޗްގައި އާޖެންޓީނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
މިމެޗްގައި އާޖެންޓީނާއިން ކާމިޔާބުކުރި 3 ވަނަ ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީވެސް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އަލްވަރޭޒްއެވެ.
މިއީ އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅޭނެ ހަވަނަ ފަހަރެވެ. އެންމެ ފަހުން އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ފައިނަލުން ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ
ކޮމެންޓްސް (0)