ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް މޮރޮކޯ ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕޭނާއި މޮރޮކޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ ޖާގަ ހޯދައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން މޮރޮކޯ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ގަތަރުގެ އެޑިއުކޭޝަން ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރިހަމަ ވަގުތުހަމަވެ، އިތުރުވަގުތުގެ ދެހާފް ކުޅުނު އިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މޮރޮކޯއިން ސްޕޭންގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ.

ގޭމް ޑޮމިނޭޓް ކޮށްގެން ކުޅުމުގައި ސްޕެއިންއަކީ އެންމެ މޮޅު ޓީމެވެ. އެގޮތުން ސްޕެއިނުންވަނީ މު ޅި މެޗުހެން ބޯޅަ ހިފަހައްޓައި ގޭމް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް މޮރޮކޯޓީމަށްވެސް  ލިބިގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފުގައި ސްޕެއިންގެ އެސެންސިއޯ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވީއިރު، އޭގެ އިރުކޮޅެށް ފަހުން މޮރޮކޯގެ މަޒްރޫއީ ފޮނުވާލި ބާރު ހަމަލާ ސްޕެއިންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ސްޕެއިންގެ ފަރާތުން ފެނުނީ ފުރަތަމަ ހާފަށްވުރެ ބޮޑަށް ގޭމް ޑޮމިނޭޓް ކުރިތަނެވެ. ގޭމް ޑޮމިނޭޓް ކުރިނަމަވެސް ލަނޑުޖަހާނެ ފުރުޞަތު ހޯދުމުގައި އެ ޓީމަށް ވަނީ އުނދަގުލާއި ކުރިމަތިވެފައެވެ. ސަބަބަކީ މޮރޮކޯގެ ހުރިހާ ކުޅުންތެރިންހެން ފަހަތަށް ފައިބައި ރަނގަޅު ޑިފެންސެއްކުރަމުން ދިއުމެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރު ވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު ވަގުތު ސްޕެއިންގެ ސަރާބިއާއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި، ފުރަތަމަ ޕެނަލްޓީ ފޮނުވާލީ މޮރޮކޯއިންނެވެ. މޮރޮކޯގެ ސަބީރީ ވަނީ މި ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.

ސްޕެއިންގެ ފުރަތަމަ ޕެނަލްޓީ ސަރާބިއާ ފޮނުވާލިއިރު އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މޮރޮކޯގެ ދެވަނަ ޕެނަލްޓީ ޒިޔެޗް ކާމިޔާބު ކޮށްދިންއިރު، ސްޕެއިންގެ ދެވަނަ ޕެނަލްޓީ މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީ ފޮނުވާލީ ކާލޮސް ސޮލެއާއެވެ.

އެއަށްފަހު މޮރޮކޯގެ ބެނޫން ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ކީޕަރު ސިމޮން މަތަކުރިއެވެ.

ސްޕެއިންގެ ތިންވަނަ ޕެނަލްޓީ ފޮނުވާލާފައި ވަނީ އެ ޓީމްގެ ތަޖުރިބާކާރު މިޑްފީލްޑަރ ބުސްކެޓްއެވެ. އެ ޕެނަލްޓީ ވެސް ބޯނޯ ވަނީ މަތަކޮށްފައެވެ.

މިމެޗުން މޮރޮކޯ މޮޅުވި ޕެނަލްޓީ ވައްދާލާފައި ވަނީ އެ ޓީމްގެ އަޝްރަފް ހަކީމީއެވެ.

މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގަ މިހާތަނަށް ހޯދި އެފްރިކާގެ ހަތަރު ވަނަ ގައުމެވެ. މީގެ ކުރިން 1990 ވަނަ އަހަރު ކެމަރޫން، 2002 ވަނަ އަހަރު ސެނެގާލް އަދި 2010 ވަނަ އަހަރު ގާނާ ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މޮރޮކޯ އިން އަންނަނީ މިފަހަރުގެ ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ބަލިކުރިއިރު ކްރޮއޭޝިއާއާ އެއްވަރުކުރި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ. ބާސެލޯނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް ...

ފައިނަލްމެޗަށް އިތުރު އަމްޕަޔަރަކު ގެންނަނީ !

މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ރަސްރަނި ނެޓްބޯޅަ ޗެލެންޖްގެ ފައިނަލްމެޗްގައި އަމްޕަޔަރުކަން ކުރަން އެހެން އަމްޕަޔަރަކު ގެންނަކަމުގެ މައުލޫމާތު ލިބިއްޖެވެ. ...

އަނަޓޮލީގެ ހެޓްރިކާއެކު ޓީސީ ޕްލޭ އޮފަށް

ޓީސީގެ ކިރިގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވްގެ ހެޓްރިކާއެކު އެކެއް ތިނަކުން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް އޭއެފްސީ ...