އޮސްޓްރޭލިއާ ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

މިމެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް ފެނިގެންދިޔައީ ލިބޭ ބޯޅަ ހިފަހައްޓައިގެން ގޭމް ޑޮމިނޭޓް ކުރަން މަސައްކަތް ކުރި ތަނެވެ. މިގޮތުން ފުރަތަމަ ހާފުގެ ބޮޑުބައި ކުޅެވުނު އިރު ވެސް ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ލަނޑުޖަހާނެ މާ އެކަށޭނަ ފުރުޞަތެއް ފަހި ކުރެވިފައި ނުވެއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މިމެޗްގައި އާޖެންޓީނާއިން ޖެހިފުރަތަމަ ލަނޑުޖަހައި އެޓީމުންވަނީ ލީޑު ނަގާފައެވެ. މި ލަނޑު 35 ވަނަ މިނެޓުގައި އޮޓަމެންޑީ ދިން ޕާހަކުން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. މި މެޗަކީ މެސީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގައި ކުޅުނު 1000 ވަނަ މެޗެވެ.

ރަނގަޅު ފޯމެއްގައި އޮތް އާޖެންޓީނާއިން މިމެޗުގައި ލީޑު ފުޅާކޮށްފައި ވަނީ 57 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އޮސްޓްރޭލިއާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މުޅި މެޗުގައި ވެސް ބުރަކޮށް މަސައްކަތްކުރި އޮސްޓްރޭލިއާއަށް މެޗުގައި އުންމީދެއް ލިބިގެން ދިޔައީ 77 ވަނަ މިނެޓުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑުންނެވެ. މި ލަނޑަކީ އޮސްޓްރޭލިއާގެ ގޫޑްވިން ފޮނުވާލި ބާރު ހަމަލާއެއް ބްލޮކް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ފެނާންޑޭޒްގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބް ބަދަލުވެގެނެ ގޮސް ގޯލަށް ވަދެފައިވާ ލަނޑެކެވެ.

މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާޖެންޓީނާގެ ފޯވާޑް މާޓިނޭޒްއަށް ވަނީ މެޗުގެ ފަހު ވަގުތުގައި ލީޑު ފުޅާކުރާނެ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗިގެ އިތުރު ވަގުތުގެ ހަތް މިނެޓްގެ ފަހު ވަގުތު ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުޞަތެއް އޮސްޓްރޭލިއާއަށް ވަނީ ލިބިގެން ގޮސްފައެވެ. އާޖެންޓީނާގެ އޭރިއާތެރެއިން އޮސްޓްރޭލިއާގެ ކޯލްއަށް ހުސްކޮށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ކުއާޓާ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ އެމެރިކާ ބަލިކޮށް ކުއާޓާގެ ޖާގަ ކަށަވަރުކުރި ނެދަލެންޑްސްއާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޔޫތު ޗެލެންޖް 2020 ” ގެ ގުރުއަތުލުން ބާއްވައިފި- ފުރަތަމަ މެޗްގައި ހުޅުދޫ- ހިތަދޫ “

20 އަހަރުން ދަށުގެ  ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ” އައްޑޫ ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ...

ޗެމްޕިއަންސް ލީގު : މޯލްޑޯވާގެ ޝެރިފް އާއި ބައްދަލުކޮށް ރެއާލް މެޑްރިޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ތެރެއިން ރެއާލްމެޑްރިޑާއި ޝެރިފް ބައްދަލުކުރިމެޗުން  ރެއާލް މެޑްރިޑް ...

އަންނަ އަހަރު އަތޮޅުތެރެއަށް ޚާއްސަކޮށްގެން ވޮލީ މުބާރާތެއް ބާއްވަނީ

އަންނަ އަަހަރު އަތޮޅު މުބާރާތުގެ ނަމުގައި އަތޮޅުތެރެއަށް ވޮލީބޯޅައިގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން މުބާރާތެއް ބޭއްވުމަށް ވޮލީބޯލް އެސޯސިއޭޝަން ...