ބެލްޖިއަމް ކަޓުވާލައި، ކްރޮއޭޝިއާ ގަދަ 16 އަށް -36 އަހަރަށްފަހު މޮރޮކޯ ދެވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ “ގްރޫޕު އެފް” ގައި ބެލްޖިއަމް އާއި ކްރޮއޭޝިޔާ ބައްދަލުކުރިމެޗް އެއްވަރުމާއެކު ކޮރެއޭޝިއާ އަށް ގަދަ 16 ގެ ޖާގައެއްލިބި ބެލްޖިއަމް މުބާރާތުން ކަޓައިފިއެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެންދިޔައީ ގޯލެއް ނުޖެހި ދެޓީމް އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ކްރޮއޭޝިއާއަށް ވަނީ ގަދަ 16 ގެ ޖާގައެއް ލިބިފައެވެ. މިމެޗް އެއްވަރުމުން ވޯލްޑް ކަޕް 2018 ގެ ތިންވަނަ ހޯދި ބެލްޖިއަމަށް ވަނީ މުބާރާތުން ކަޓާފައެވެ. އެއީ ބެލްޖިއަމް ހިމެނޭ ގްރޫޕްގެ މެޗްތައް ނިމުނުއިރު އެޓީމަށް ގްރޫޕުގެ ތިންވަނަ ލިބިފައިވާތީއެވެ.

މިމެޗަށް ދެޓީމް  ނުކުތް އިރު، ކްރޮއޭޝިއާ އަދި ބެލްޖިއަމަށް ވެސް އޮތީ ގަދަ 16 ގެ ޖާގައެއް ޔަގީންކުރުމަށް މޮޅެއް ހޯދަން މުހިންމުވެފައެވެ. އެއްވަރުކޮށްލައިގެން ކްރޮއޭޝިއާއަށް ގަދަ 16 ގެ ޖާގައެއް ހޯދެން އޮތް އިރު، ބެލްޖިއަމަށް ގަދަ 16 ގެ ފުރުސަތެއް ލިބެން އޮތީ މިމެޗުން މޮޅުވެގެންނެވެ.

މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި 2-1 ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށް މޮރޮކޯ އިން ވަނީ ގްރޫޕްގެ އެއްވަނަ ހޯދައިގެން   36 އަހަރަށްފަހު ވޯލްޑްކަޕުގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެޓީމު ދެވަނަ ބުރުގެ ޖާގަ ހޯދީ ގްރޫފް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި 7 ޕޮއިންޓާއެކުގަ އެވެ.

ކްރޮއޭޝިއާއި ބެލްޖިއަމް ބައްދަލުކުރި މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް، ކްރޮއޭޝިއާއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މިފުރުސަތަކީ ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ކްރޮއޭޝިޔާގެ އިވާން ޕެރިސިޗް ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުނުވެ ދިޔަ ހަމަލާއެކެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ބެލްޖިއަމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑްރައެސް މާޓެންސް ދިން ބޯޅައަކުން  ކްރޮއޭޝިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔެނިކް ކަރެސްކޯ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޖޮސިޕް ޔުރަނޮވިޗް ވަނީ ބްލޮކްކޮށްފައެވެ.

އަދި އޭގެ ތިން މިނެޓު ފަހުން ވެސް ބެލްޖިއަމަށް ގޯލު ޖަހާނެ  ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެއީ

 ޑި ބްރޭނާ ދިން ރީތި ބޯޅައަކުން ކްރޮއޭޝިޔާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މާޓެންސް ފޮނުވާލި ބޯޅައެކެވެ. އެހެންނަމަވެސް އެބޯޅަ ގޮސްފައިވަނީ  ކްރޮއޭޝިއާގެ ގޯލާ އަމާޒުނުވެ ގޯލްގެ މަތިން ބޭރަށެވެ.  

މެޗުގެ 15 ވަނަ މިނެޓުގައި ރެފްރީ ވަނީ ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރޭ ކްރަމަރިޗަށް ބެލްޖިއަމްގެ ކަރަސްކޯ ކުރި ފައުލަކާ ގުޅިގެން ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ފަހުން ވީއޭއާރު ބެލިއިރު  ފައުލުގެ ކުރިން ކްރޮއޭޝިއާ ޑިފެންޑަރު ޑެޖާން ލޮވްރެން އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ޕެނަލްޓީ ކެންސަލްކޮށްފައެވެ.

ކްރޮއޭޝިއާއަށް ރެފްރީ ދެއްވި ޕެނަލްޓީ ވީއޭއާރުން ބަލާފައި ވަނީ އޮފްސައިޑްކަމަށް ނިންމާފައި

ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ  ދެވަނަ ހާފްގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މިގޮތުން ކްރޮއޭޝިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް މަތަކުރި އިރު، ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން މަޓިއޯ ކޮވަސިޗް ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ކައިރިކައިރީގައި ކްރޮއޭޝިއާއިން ބެލްޖިއަމްގެ ގޯލަށް ދެހަމަލާއެއް ފޮނުވާފައިވެއެވެ. އެއީ ޕެނަލްޓީ އޭރިއާ ތެރެއިން މާސެލޯ ބްރޮޒޮވިޗް ފޮނުވާލި ހަމަލާއަކާއި  މޮޑްރިޗް ފޮނުވާލި ހަމަލާ އެކެވެ. މި ދެހަމަލާވެސް ވެސް ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.

މީގެ އިތުރަށް މެޗުގެ 60 ވަނަ މިނެޓުގައި ކައިރިކައިރީގައި ބެލްޖިއަމަށް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެ ދެ ފުރުސަތު ވެސް ލިބިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއަށެވެ. އޭނާގެ ފުރަތަމަ ހަމަލާ، ކްރޮއޭޝިއާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، އޭނާގެ ދެވަނަ ހަމަލާ ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. 

މެޗުގެ އެންމެ ފަހު މިނެޓުގައި ވެސް ބެލްޖިއަމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ތޯގަސް ހަޒާޑް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ލުކާކޫއަށް ލިބުނު ނަމަވެސް އޭނާއަށް އެ ބޯޅަ ނިންމައިލެވިފައެއް ނުވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސައުދީ ސްޕަކަޕް: އަލް ހިލާލުން ޗެންޕިއަންކަން ހޯދައިފި

ސައުދީ ސުޕަކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި އެވެ. އަލް ހިލާލް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އަލް ...

ހުޅުދޫޓީމް ފައިބައިގެން ހުއްޓާލި ހުޅުދޫ ، މީދޫ މެޗުން މޮޅުވީ މީދޫޓީމްކަމަށް ކަނޑައަޅައިފި

އައްޑޫސިޓީގެ ޒުވާނުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ...

ސާފް ޗެންޕިއަންޝިޕް ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ ފުޓުބޯޅަ އެސޯސިއޭޝަން ...