އަޅުގަނޑަށް ނާކާމިޔާބުވާ ގޮތަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވޭ: ނަޝީދު

އެ މަނިކުފާނު ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށާއި އިންތިޚާބުތަކުން ނާކާމިޔާބުވެވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ”އާސްކް ސްޕީކާ“ ގެ ހަވަނަ ޕްރޮގްރާމުގައި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރެއްވުމެދު ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެ ސުވާލުތަކަށް އެ މަނިކުފާނު ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ ކޮންމެ ކަމަކާ ވެސް ކުރިމަތިލައްވަނީ އެކަމެއް ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދުގައި ކަމަށާއި މިހާތަނަށް ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށެވެ. އަދި އިންތިޚާބުތަކުން ނާކާމިޔާބުވެ ވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވާ ކަމަށެވެ.

”އަޅުގަނޑު ދެކެނީ އިންތިޚާބަށް ކޮންމެ ބޭފުޅަކު ވެސް ކުރިމަތިލައްވާނީ އެ ބޭފުޅަކަށް ކާމިޔާބުވާނެ ކަމުގެ އުންމީދެއްގައި“

ނަޝީދު ވިދާޅުވިއެވެ

ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ ސާފު ޖަވާބެއް ނުދެއްވި ނަމަވެސް ވާދަނުކުރައްވާނެ ކަމަކަށް މިޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގުޅީފަޅުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ގުޅީފަޅުގައި އަލިފާނުގެ ޙާދިސާ ހިނގި އެފްކޮންގެ ސައިޓުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ...

އެމް.އެން.ޔޫ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ނިޔާވެއްޖެ

ހުންއައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ ...

ކުރާނެ މަސައްކަތެއް ނެތް މުވައްޒަފުންވެސް ފެނަކަ އަށް ނަގާފައިވޭ : އަދުރޭ

ކުރާނެ އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންވެސް ފެނަކަ އަށް ނަގާފައިވާކަމަށް އިންތިގާލީ އޮފީހުގެ ވެރިޔާ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ ...