އެކްޓިވޭޓްކޮށްފައި ހުންނަ ސިމްކާޑު ވިއްކުން މާދަމާއިން ފެށިގެން މަނާ

A woman shows a sim card from Qatar's Ooredoo after buying it from a phone shop in Yangon July 31, 2014. Ooredoo began selling SIM cards in Myanmar this week. REUTERS/Soe Zeya Tun (MYANMAR - Tags: BUSINESS TELECOMS) - RTR40SKC

މޯބައިލް ފޯނު ޚިދުމަތުގައި ބޭނުންކުރާ ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން މިއަދު ބުނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަަމަށާއި މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބަދަލުތަކާއެކު ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ހާލަތުގައި ކަމަށާއި ސިމްކާޑު އެކްޓިވޭޓް ވާނީ ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުން ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުންޏެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުނި ގޮތުގައި ސިމްކާޑު ދޫކުރުމުގެ އައު އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.

ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުންޏެވެ

Next: ފްރާންސް ބަލިކުރިއަސް ޓިއުނީޝިއާ ކަޓައިފި – ޑެންމާކް އަތުން މޮޅުވެ އޮސްޓްރޭލިއާ ދެ ވަނަ ބުރަށް