ޓްރާންސް ޕޭރެންސީ މޯލްޑިވްސްއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔޫތު ކޭމްޕު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޑިސެމްބަރު 04 ވަނަ ދުވަހުން ފެށިގެން 08 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ކޭމްޕް ކުރިއަށްދާނީ އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގެ ހޯލުގައި ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ 16 އަހަރާއި 20 އަހަރާއި ދެމެދުގެ 08 ޒުވާނުންނަށް މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އެ ގޮތުން ކޭމްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު މާދަމާގެ 12:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. މެއިލް ކުރާނީ hithadhoo@adducity.gov.mv އަށެވެ.