ފަހުވަގުތު ޖެހި ލަނޑާއެކު ކޮސްޓަ ރިކާއިން ޖަޕާން ބަލިކޮށްފި

DOHA, QATAR - NOVEMBER 27: Keysher Fuller of Costa Rica celebrates after scoring their team's first goal during the FIFA World Cup Qatar 2022 Group E match between Japan and Costa Rica at Ahmad Bin Ali Stadium on November 27, 2022 in Doha, Qatar. (Photo by Hector Vivas - FIFA/FIFA via Getty Images)

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ކޮސްޓަ ރިކާއިން އޭޝިއާގެ ގަދަބާރު ޖަޕާނު ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް އުއްމީދު އާކޮށްފި އެވެ

މިފަހަރުގެ މުބާރާތުގައި ދަށް ޓީމުތަކުން ބޮޑެތި ގަދަބާރުތައް ބަލިކުރަމުން އަންނައިރު މިފަހަރު ގްރޫޕް އީގައި ޖަޕާނުން ވެސް ވަނީ ފުރަތަމަ މެޗުގައި 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު 2 – 1 ން ބަލިކޮށްފަ އެވެ.

އަނެއްކޮޅުން ކޮސްޓަ ރިކާ ވަނީ ފުރަތަމަ މެޗުން ސްޕެއިން އަތުން 7 – 0 ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

ކޮސްޓަ ރިކާއިން ޖަޕާން ބައްދަލުކުރި މެޗުން ޖަޕާން ބަލިވެފައިވަނީ 1 – 0 ގެ ހަނި ތަފާތަކުންނެވެ.

މެޗުގައި ކޮސްޓަ ރިކާއިން ލަނޑު ޖެހީ ވެސް މެޗު ނިމެން 9 ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ. ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ކޮސްޓަ ރިކާއިން ލީޑު ނެގީ 81 ވަނަ މިނެޓުގަ އެވެ. ކޭޝީ ފުލާ ސްޕެންސް ޖަހައިދިން މިގޯލާއެކު ކޮސްޓަ ރިކާއަށް މިވަނީ ކުރިއަށް ދިއުމަށް އޮތް އުއްމީދު އާވެފަ އެވެ.

މީގެކުރިން ޖަޕާނާއި ކޮސްޓަ ރިކާ 4 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އެމެޗުތަކުގެ ތެރެއިން 3 މެޗުން ޖަޕާނު މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެހެންކަމުން ބައިނަލްއަގްވާމީ މެޗެއްގައި ކޮސްޓަ ރިކާއިން ޖަޕާން ބަލިކުރި މީ ފުރަތަމަ ފަހަރެވެ. ކުރިން ކުޅެވުނު 4 މެޗަކީ ވެސް ފްރެންޑްލީސް އެވެ.

Next: މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި