ފުއްގިރީގެ ވައްކަމުގައި އުޅުމަށްފަހު، މެމްބަރު ބޮންޑޭ އެހެންމީހުންނަށް ވަގަށް ގޮވުން ގޯސް: ނިހާދު

ފުއްގިރި ގަންނަން “ޑީލް”ހެދީ މާފަންނު މެދު ދާއިރާހެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ)ކަމަށާ، އެރަށަށް ފައިސާ ދެއްކީވެސް އޭނާކަމަށް ތުހުމަތުކޮށް އެއީ ކޮންތާކުން ހޯދި ފައިސާއެއްތޯ؟، މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.

މިހާރުގެ ސަރުކާރުގެ ތެރެއިން ހިނގަމުންދާ ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ފާހަގަކުރައްވައި ބޮންޑެ ދައްކަވާ ވާހަކަތަކުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވާ ސިޔާސީ ބޭފުޅުންނަށާއި މަޖިލިސް މެމްބަރުންނަށް ވައްކަމުގެ ތުހުމަތުކުރައްވާތީ، އެކަމަށް ރައްދު ދެއްވައި ނުހާދުވަނީ ބޮންޑެއަށް ފާޑު ވިދާޅުވެފައެވެ. ނިހާދު ވިދާޅުވީ، ފުއްގިރި ގަންނަން ޑީލް ހެދީ އެމްޕީ ބޮންޑެ ކަމަށާ، އަދި އެރަށަށް ފައިސާ ދެއްކީވެސް އޭނާ ކަމަށެވެ. އެހާ ބައިވަރު ފައިސާއެއް ބޮންޑެ ހޯދީ ކޮންތާކުންތޯ ނިހާދު ސުވާލު އުފައްދާފައިވެއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި ދުވަސްވަރު އެމްޑީޕީގެ ކަންމުން ބޮންޑެ ނުފެނުނީ މިހެންވެގެންތޯ ނިހާދު ސުވާލުކުރެއްވިއެވެ.

އަދި މިއޮއް ބޮޑު ވައްކަމުގައި އުޅުމަށްފަހު އެހެންމީހުންނަށް ވަގަށް ގޮވައި ތިމާކުރި ވައްކަން ފޮރުވަން އުޅުން ގޯސްކަމަށް ނިހަދު ވިދާޅުވިއެވެ.

ފުއްގިރި މައްސަލާގައި، ބޮންޑޭ ތަމްސީލުކުރި ކުންފުންޏަކަށް ފުއްގިރި ތަރައްގީކުރުމަށް ލިބުމުން ސަރުކާރަށް އިނިޝިއަލް ޕޭމެންޓްގެ ގޮތުގައި ދެއްކި 150،000 ޑޮލަރު އެކުންފުނިން ބޮންޑޭއާ ހަވާލުކުރުމުން އެ ފައިސާ ދައުލަތަށް ދެއްކި ކަމަށާއި އެހެން ނަަމަވެސް އެ ފައިސާ ދައުލަތަށް ނުލިބޭކަން އެނގުނީ ބޭންކުން ރަސީދު ހޯދަން ދިޔަ ހިސާބުން ކަމަށް ބޮންޑޭ ކުރިން ވިދާޅުވެފައިވެއެވެ.

މާފަންު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ)

މިމައްސަލާގައި އޭސީސީން ޢާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ، ރ.ފުއްގިރީގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމް.އެމް.ޕީ.އާރް.ސީއަށް ދައްކަންޖެހޭ 1,550,000.00 (އެއްމިލިއަން ފަސްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއިން ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި ދައްކަންޖެހޭ 600,000.00 (ހަލައްކަ) އެމެރިކާ ޑޮލަރުގެ ތެރެއިން، 09 ޖޫން 2015 ގައި150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު އެމް.އެމް.ޕީ.އާރް.ސީއަށް ދައްކާފައިވާ އައި.ބީ.އާރ މޯލްޑިވްސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 400 000035 7730 އެކައުންޓުގެ ނަންބަރު000010 ޗެކު ޕޭއީ އެއްގެ ގޮތުގައި ވަނީ އެމް.އެމް.ޕީ.އާރް.ސީ ކަމުގައެވެ. އެ ޗެކުގެ ނުފުށުގައި”7701701832002 DEPOSIT TO S.O.F PVT LTD” މިހެން ލިޔެފައިވާއިރު، އެމް.އެމް.ޕީ.އާރް.ސީގެ ތައްގަނޑު ޖަހައި އަބްދުﷲ ޒިޔާތު ސޮއިކޮށްފައިވާކަމަށް އޭސީސީ ރިޕޯޓުގައި ވެއެވެ. އެ ޗެކު ވަނީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު 7701701832002 އެކައުންޓަށް 11 ޖޫން 2015 ގައި ޖަމާކޮށްފައި ކަމަށްވެސް އޭސީސީ ރިޕޯޓުގައި ވެއެވެ.

ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ކުރީގެ ރައީސް ޔާމީނާއި ބައެއް އެހެން މީހުންގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކުގެ ޝަރީޢަތް ދަނީ ހިނގަމުންނެވެ

މަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ދަޢުލަތުގެ މާލީ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ. އަތޮޅުތަކުގައި ކުޅިވަރު ...

ފައްޔާޒާއި އިދިކޮޅަށް އެރުމަކީ ކުރެވުނު ގޯސްކަމެއް: ނަޝީދު

އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ދެކޮޅަށް ދެން ނާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ...

އައްޑޫގެ ކަންކަމުގައި ވަކިބަޔަކަށް ބަސްބުނުމަށް އޮތް ފުރުޞަތު ބަދަލުކޮށްދެއްވާ، ނަތީޖާ ނެރެދޭނަން: ރައީސް

އައްޑޫސިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަކި ބަޔަކަށް ބަސްބުނުމުގެ ފުރުޞަތު މިހާތަނަށް ދެމުން ދިއުމުގެ ތާރީޚު ބަދަލުކޮށްލައިފިނަމަ ...