ހަނިމާދޫ-ޓްރިވެންޑްރަމް ދެކޮޅު ޓިކެޓް 233 ޑޮލަރަށް ލިބޭ ޕްރޮމޯޝަނެއް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ޓްރިވެންޑްރަމް، ދެކޮޅު ޓިކެޓް 233 ޑޮލަރަށް ލިބޭ ޕްރޮމޯޝަނެއް ފަށަން ނިންމައިފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި ފެއާގެ ދަށުން ދަތުރުކުރެވޭނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ މޯލްޑިވިއަން އިން ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާއި ދެމެދު ދަތުރުތައް ފެށިތާ ފަސް އަހަރު ފުރުން ފާހަގަ ކުރުމަށެވެ. ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު މޯލްޑިވިއަން އިން ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުއެވެ.

ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު ދަތުރުކުރަނީ ހަފުތާގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ.

މޯލްޑިވިއަން އިން ދަނީ އިންޑިއާގެ އިތުރު މަންޒިލުތަކަށާއި ބަންގްލަދޭޝް އާއި ޗައިނާއަށްވެސް ދަތުރުކުރަމުންނެވެ.

Next: މަސްތުވާތަކެތީގެ ހާއްޔެ ! އެންމެން ދަންނަ ބޮޑު ސިއްރެއް !