މޯލްޑިވިއަންގެ ދަތުރުތައް ފެރީ ދަތުރުތަކެއްގެ އުސޫލުން ކުރަންޖެހޭ-މިހާދު

ބައެއް މަންޒިލްތަކުން އެކަށީގެންވާ މިންވަރަށް މީހުން ދަތުރު ނުކުރާތީ، މޯލްޑިވިއަންގެ ދަތުރުތައް ފެރީ ދަތުރުތަކެއްގެ އުސޫލުން ކުރަންޖެހޭ ކަމަށާއި، މީގެ ސަބަބުން ޚަރަދު ބޮޑުވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ފުވައްމުލައް ސިޓީއަށް ކުރާ ދަތުރުތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް، އެސް.އޯ.އީ ކޮމިޓީއަށް ވަނީ އައިލެންޑް އޭވިއޭޝަން، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އަދި އެމްޓީސީސީގެ އިސްވެރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޤައުމީ އެއަރލައިން “މޯލްޑިވިއަން” ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވީ ރާއްޖޭގެ 13 އެއަރޕޯޓަކަށް އެއެއަރލައިންގެ ދަތުރުތައް ބާއްވާ ކަމަށެވެ. އަދި މިހާރު މޯލްޑިވިއަނުން ދަތުރުތައް ބާއްވަމުންދަނީ އާއްމުގޮތެއްގައި އެއަރލައިންތަކުން ދަތުރުތައް ބާއްވާ އުސޫލަކުން ނޫންކަން މިހާދު ފާހަގަކުރެއްވިއެވެ.

“ދަތުރުތައްކުރުމުގައި އެއެއަރޕޯޓުތަކުން ލޯޑެއް ނުލިބޭ، އެއަރކްރާފްޓެއްގެ މިނިމަމް %70ވަރު މިހާރު ހުރި ޓިކެޓު ޕްރައިޒުން ލޯޑު ލިބިގެން އެއެއަރކްރާފްޓެއް ކޯސްޓު ރިކަވަރވެސް ވަނީ، އެހެންވީމަ އަޅުގަނޑުމެންނަށް މި ޖެހެނީ ބައެއް ފަހަރަށް ފެރީއެއްގޮތަށް ދަތުރުކުރަން، ދެ އެއަރޕޯޓަކަށް ޖައްސާފައި، މި ޗެލެންޖް ދިމާވޭ،”

މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވީ އިތުރު ތަނަކަށް ޖެއްސުމަކީ ޚަރަދު ބޮޑުވާ ކަމެއް ކަމަށާއި، ސީދާ ދަތުރުތައް ކުރެވޭ ނަމަ އެ ޚަރަދުތައް ކުޑަވާނެ ކަމަށެވެ. މިހާދު ވިދާޅުވީ މޯލްޑިވިއަންގެ އުދުހުންތަކުގައި މިހާރު ބޭނުންކުރަމުންދާ މަތިންބޯޓުތަކަށް 24 އަހަރުވެފައިވާ ކަމަށެވެ. އެހެންކަމުން އެއަރލައިންގެ އެއަރކްރާފްޓުތައް އައު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

” ތިން އެއަރކްރާފްޓެއް ގަތުމުގެ މަސައްކަތް ނިމި އޭގެތެރެއިން 2 އެއަރކްރާފްޓު ޑިސެމްބަރުމަހު ލިބޭނެ،”

މިހާދު ވިދާޅުވިއެވެ.

ޕީކް ސީޒަންގެ ޑިމާންޑާއި އެއްވަރަށް ޚިދުމަތްދިނުމަށް، ވަގުތީ ގޮތުން ބޭނުންކުރުމަށް އޭޓީއާރު މަތިންދާ ބޯޓެއް މޯލްޑިވިއަނުންވަނީ ދާދިފަހުން ގެނެސްފައެވެ. މި ބޯޓު މިހާރުދަނީ ދަތުރުތަކުގައިވެސް ބޭނުންކުރަމުންނެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމަށްޓަކައި، އޭޓީއާރު ބޯޓުތަކުގެ އިތުރުން މޯލްޑިވިއަނުން ދަނީ ދިގު ދަތުރުތަކުގައި ބޭނުންކުރެވޭ އައު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 21 ބޯޓެއް އޮވެއެެވެ. އޭގެތެރޭގައި 11 ސީ ޕްލޭން އަދި ޑޭޝް- 8 މަރުކާގެ 9 ބޯޓު ހިމެނެއެވެ.

މަސްދަރު” ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑުވަޒީރު ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީގޮތުން ...

އައްޑޫގެ ސިއްހީދާއިރާ ފުޑާލައިފި – އެމްޕީ ނިހާދު

އައްޑޫގެ ސިއްހީދާއިރާ ފުޑާލައިފިކަމަށާ ސަރުކާރާއި ރަށްޔިތުންނާއި ޖެއްސުމަށް ހިންގަމުންދާ ނޭގާއްނީ އަމަލުތައް ހުއްޓުވައި ހައްލުކޮށްދިނުމަށް ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ ...

ގއ.މާމެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން ގއ.މާމެންދުއަށްގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިމަހުގެ 13 ވަނަ ދުވަހު އެރަށަށްދިޔަ ...