އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – ހުޅުދޫ ޔޫތާއި ފެނަކަ ސެމީއަށް 

????????????????????????????????????

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި    މިހާރު ކުރިއަށް ގެންދާ އައްޑޫރަސްރަނި ނެޓްބޯޅަ ޗެލެމްޖްގެ ސެމީ ފައިނަލަށް ހުޅުދޫ ޔޫތާއި ފެނަކަ  ދަތުރުކޮށްފި އެވެ.

ފެނަކަ ސެމީއަށް ދަތުރުކޮށްފައިވަނީ ޕްލޭ އޮފްމެޗްގައި ހެލްތު ސެންޓަރ އާއި ބައްދަލުކޮށް ކުޅުނު މެޗް 24 ޕޮޓް 12 ޕޮޓުން ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަޓީމްގެ އާއިޝަތު ސަވާއެވެ.

ހުޅުދޫ ޔޫތު ސެމީއަށް ދަތުރުކުރީ ޕްލޭ އޮފް މެޗްގައި މީދޫ ވެރިއާސްއާއި ބައްދަލުކޮށް ކުޅުނު މެޗް 28 ޕޮޓް 19 ޕޮޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫތު ޓީމްގެ މަރިޔަމް އަނާއެވެ.

advertisement
Next: ސަތޭކަ ޕަސެޓް ޔަގީންކަމާއެކީ ފެނަކަ ބަލިކޮށް ފައިނަލަށް ދެވޭނެ- އެމްޓީސީސީގެ ކޯޗް މުހައްމަދު ޝަރީފް