ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ސަވާ ކާމިޔާބުކޮށްދިން ގިނަ ޕޮޓުތަކުން ފެނަކަ ޓީމު އެޓީމުގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި މިހާރު ކުރިއަށް ދާ ނެޓްބޯޅަ މުބާރާތުގައި ޓީމް ފެނަކަ ކުޅުނު ފުރަތަމަމެޗް ގައި އެޓީމްގެ ސަވާ ކާމިޔާބުކޮށްދިން ގިނަ ޕޮޓުތަކުން އެޓީމް ކުޅުނު ފުރަތަމަމެޗް ކާމިޔާބުކޮށްފިއެވެ.

މީދޫ ވެރިއަސް އާއި ބައްދަލުކޮށް އިއްޔެ ހަވީރު ޓީމް ފެނަކަ ކުޅުނު މިމެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ 29 ޕޮޓް 12 ޕޮޓުންނެވެ.

މިމެޗްގެ ފުރަތަމަ ކުއާޓާ  ނިމުނުއިރު 8 ޕޮޓް 2 ޕޮޓުން ޓީމް ފެނަކަ ކުރި ހޯދާފައިވާ އިރު ދެވަނަ ކުއާޓާ ނިމުނުއިރު ފެނަކަ ވަނީ 19 ޕޮޓް ކާމިޔާބުކޮށްފައެވެ. ދެވަނަ ކުއާޓާ ނިމުނުއިރު މީދޫ ވެރިއަސް ޓީމަށް ކާމިޔާބުކުރެވުނީ 5 ޕޮޓެވެ.

 3 ވަނަ ކުއާޓާ ނިމުނުއިރުވެސް  25 ޕޮޓު 9 ޕޮޓުން ލީޑު ކުރަމުން ދިޔައީ ފެނަކަ ޓީމެވެ.  4 ވަނަ ކުއާޓާ ނިމުނުއިރު 29 ޕޮޓު 12 ޕޮޓުން ކުރިހޯދައިގެން މިމެޗް ކާމިޔާބުކުރީ ޓީމް ފެނަކައެވެ.

މިމެޗްގައި ފެނަކަޓީމަށް އެންމެ ގިނަ ޕޮޓް ސަވާ ކާމިޔާބުކޮށް ދީފައިވާއިރު މިމެޗްގެ ކްއިން އޮފްދަމެޗަކަށް ހޮވިފައިވަނީ އެޓީމްގެ ހައްވާ ނިޝާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭސީސީގެ މެންބަރުން ވަކިކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ރައްޔިތުން މަޖިލީހުގެ ...

ކޮޕާ ޑެލްރޭ: ރެއާލް ކަޓުވާލުމަށް ފަހު އެތްލެޓިކޯ ކުއާޓާ ފައިނަލަށް

ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބްރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ...

ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ...