އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ އާއި ހަވާލުކޮށްގެން ހިންގާ ތިލަ މާލެ ބްރިޖު އެޅުމުގެ މަޝްރޫއާއި، އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއަށް 1 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށައަޅައިފިއެވެ. 

ސަރުކާރުން ހުށައަޅާފައިވާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގައި ވާ ގޮތުން ތިލަމާލެ ބްރިޖްގެ މަޝްރޫއަށް 924 މިލިއަން ރުފިޔާ އަދި އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް 80.4 މިލިއަން ރުފިޔާ އާއެކު މުޅި ޖުމްލަ  1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ވަނީ ހުށައަޅާފައެވެ.

މި ދެ މަޝްރޫއަކީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އެ ގައުމުގެ އެފްކޮންސް އިންފްރާ ސްޓްރަކްޗާ ކިޔާ ކުންފުންޏަކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން މި ދެ މަޝްރޫވެސް ކުރިއަށް ދަނީ ލަފާކުރެވުނު ވަރަށް ވުރެ ހަލުވިކޮށެވެ. އެހެންކަމުން ބަޖެޓު ކުރި ވަރަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. 

އެހެން ނަމަވެސް މި ދެ މަޝްރޫއު ހިންގުން ލަސްކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހާއާއި ސީދާ ދިމާވި މީހެއްކަމަށް ...

ކްރިސްޓިއަން ދީން ޕްރޮމޯޓު ކުރާ ލަވަ ޖެހުނީ އޮޅުމަކުން: ކްލިކް ކޮލެޖް

ހުކުރު ހުޅުމާލޭގައި ކްލިކް ކޮލެޖް އިން ބޭއްވި ހަރަކާތެއްގައި ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރާ ލަވަ ޖެހުނީ އޮޅުމަކުން ...

އައްޑޫދެކެ ލޯބިވާ ރައީސެއް ލިބުމަކީ ލިބުނު ނިޢުމަތެއް: ނިހާދު

އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ލިބުނު ނިއުމަތެއް ކަމަށާ އައްޑޫއަށްޓަކައި ރައީސް ސާލިހާއެކު ތިބުން ލާޒިމުކަމަށް ...