ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއް ފަހަރު ބާއްވަން ފާސްކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މި ބިލު ފާސްވީ 34 މެމްބަރުންގެ ވޯޓުން ނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ދެ މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޑަބްލިއުޑީސީ އާއި ގުޅޭ އިސްލާހު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވީ އަވަސް އަވަހަށް ބައި އިލެކްޝަންތައް ބާއްވަން ޖެހުމުން އުނދަގޫވެ، ބަޖެޓު ހުސްވާކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރައްވަމުން ގެންދަވާތީ އެވެ.

މި ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ނެވެ.

ގާނޫނަށް ގެނައި އިސްލާހާއި އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ 365 ދުވަހުގެ ތެރޭގަ އެވެ. އަދި ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް ފާސްކުރި އިސްލާހުގައި ބުނެފައި ވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ތަރައްގީގެ ވިސްނުމުގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑު ކުރަން ޖެހޭ: ރައީސް

ކުޑަކުދިންގެ ދުވަސް ފާހަގަކުރާ އިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ...

މާލޭގެ މޭޔަރުގެ މަގާމުން ޑރ.މުއިއްޒު އިސްތިއުފާދެއްވައިފި

އީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް މިއަދު ހަވީރު ޑރ.މުހައްމަދު މުއިއްޒު ތައްޔާރުވަމުން އަންނައިރު، އެމަނިކުފާނު މިހާތަނަށް އަދާކުރައްވަމުން އައި މާލެސިޓީގެ މޭޔަރުކަމުގެ ...

47 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ. ...