ބަރުދަން ލުއިކުރާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި މަނާ ބޭހެއް ވިއްކާތީ ސަމާލުވާން އެދެފި

ބަރުދަން ލުއިކުރާ ބޭހެއްގެ ނަމުގައި މަނާ ބޭހެއް ސޯޝަލް މީޑީއާގައި އިސްތިހާރުކޮށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ އޮތޯރިޓީން އާންމު ކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ސަތޭކަ އިންސައްތަ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށް ވިއްކަމުން ދަނީ “ޖަމޫ ސުރޫ އަޔޫ” ނަމަކަށް ކިޔާ ބޭހެއްކަމަށެވެ.

 ބޭހަކީ އައްސިކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށާއި، އެ ބޭސް ބޭނުން ކުރުމުން އިންސާނާގެ ހަށިގަނޑަށް ކޮށްފާނެ އަސަރުތައް އަދި މިހާތަނަށް އަންދާޒާ ކުރެވިފައި ވެސް ނުވާ ކަމަށާއި، އެ ބޭހުގައި ހިމެނޭ ސައިޑް އިފެކްޓްތަކުގެ ސަބަބުން އެ ބޭހަކީ ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެއްކަން އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން އޭގައި ހިމެނޭ ސައިޑް އިފެކްޓާއި ގުޅިގެން ފުރަމޭ ހަލާކުވުމާއި ހާޓްއެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުންފަދަ ކަންކަން ކުރިމަތިވާ ކަމުގައި އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެ އުފެއްދުން ރާއްޖޭގައި އިޝްތިހާރު ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިފަދަ ތަކެތި ސޯޝަލް މީޑިއާ އަދި އެހެނިހެން ޕްލެޓްފޯމްތަކުން ބައްލަވައި ގަންނައިރު ރަނގަޅު ސައްހަ މަޢުލޫމާތު ހޯދުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންނަށް އަނިޔާވެރިވާކަށް ނޫން – ރޮޒެއިނާ

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ...

ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުމީދޫ ޔުނިޓުން ދެމުން އައި ޚިދުމަތް ހިތަދޫ ޓްރާންސް ޕޯޓް އޮތޯރިޓީގެ އޮފީހުން ދިނުމަށް ހަމަޖައްސަވައިފި

މޯލްޑިވްސް ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުމީދޫ ޔުނިޓުން ދެމުން އައި ޚިދުމަތް މޯލްޑިވްސް ޓްރާންސް ޕޯޓް އޮތޯރިޓީގެ ހިތަދޫ ...

ކޮރޯނާވައިރަހަށް ފަރުވާދިނުމަށް 8 ދުވަސް ތެރޭގައި ޗައިނާއިން ހޮސްޕިޓަލެއް އަޅައިފި

ނުރައްކާތެރި ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ޗައިނާގައި 1،000 އެނދުގެ ހޮސްޕިޓަލެއް 8 ދުވަސް ތެރޭގައި އަޅާ ނިންމާލައިފިއެވެ. ކޮރޯނާވައިރަހަށް ފަރުވާދިނުމަށް ...