ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ދޫކޮށްލި ފުލުހުންގެ މައްސަލަ އެންއައިސީއަށް

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ގދ.ހޯނޑެއްދޫ/އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވަނިކޮށް މި މަހުގެ 12 ވަނަ ދުވަހުގެ 19:45 އަށް އަރުޝަދު އެ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައެވެ. އަދި އެ ކަމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ހައިކޯޓުގެ އަމުރާ ޚިލާފު ކަމަށެވެ.

އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު އެ ކަމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ފުލުހުނަށް ދެމުން ގެންދިޔަ ކަމަށާއި، އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ޕީޖީން ބުންޏެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާގުޅޭ ގޮތުން ފުލުހުން އެ އޮފީހުގެ ލަފަޔަކަށް އެދިފައިނުވާ ކަމަށާއި، މިކަން ހިނގާފައިވަނީ މައްސަލަ ތަޙުޤީޤުކުރާ ފަރާތާއި، ތަޙުޤީޤުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައި، މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީ ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދާއި މިރޭ ކުރި މުޒާހަރާތަކުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މަޖީދީމަގު ...

މީދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ގެއްލުންތަކެއްވެ  ދެސައިކަލް ބޭނުންނުކުރެވޭ ވަރަށް އަދައިފި

މީދޫ ގެއެއްގެ ފެންޑާގައި ބަހައްޓާފައިހުރި  ދެ ސައިކަލެއްގައި ރޯވި އަލިފާން ފެތުރި އެގޭގެ ފެންޑާގެ ސީލިންއާއި ސިޓިން ރޫމްގެ ...

ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ ...