24 އަހަރު ފަހުން އުތީމަށް އާ އިންޖީނުގެއެއް

ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެއެވެ.

ފެނަކަ ކޯޕަރޭޝަން އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. އަދި އުތީމުގައި ކަރަންޓްގެ ޚިދުމަތް ފެށިގެން އައި ގޮތާއި އެ ޚިދުމަތް ތަރައްޤީވެގެން އައި ގޮތުގެ މައްޗަށް އަލި އަޅުއްވާލަވާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ވިދާޅުވީ، 5 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފެށުނު ކަރަންޓްގެ ޚިދުމަތް މިހާރު މިވަނީ އެއް މެގަވޮޓްއާ ހަމައަށް ތަރައްޤީކުރެވިފައި ކަމަށެވެ. އަދި ރައްޔިތުން އެދި އެދި ތިބި ޚިދުމަތްތައް ދިނުމުގައި ފެނަކައިން އިޚްލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި އެމަނިކުފާނާއި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ ޗެއަރމަނަށާއި، އެމް.ޑީ.އަށް އަދި މުވައްޒަފުންނަށް އެބައޮތެވެ. އަދި، ކަންކަން ކުރުމުގައި އޭގެ އެންމެ ރަނގަޅު ގޮތް ބަލައި، ރައްޔިތުންނަށް އެންމެ ފައިދާހުރި، ސަރުކާރަށް އެންމެ ލާބަހުރި ގޮތުގައި ފެނަކައިން މަސައްކަތްތައް ނިންމައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެ އެކެވެ. އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް ބިނާކުރެވިފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެއިސްލާމްވިދުވަސް

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަސް ކަމުގައި މިފަހުން ރާއްޖޭގައި ފާހަގަކޮށް ހަދަމުން އަންނަނީ ރަބީއުލްއާޚިރާ ...

ކޮވިޑް 19- މިއަދު 67 މީހަކު ޕޮޒިޓިވްވިއިރު ބަލިން ރަގަޅުވެފއިވަނީ 16 މީހަކު

ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެ އިތުރު 16 މީހަކު ބަލިން ރަގަޅުވެއްޖެވެ. ...

މީދޫގެ ގިރާ ސަރަހައްދު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑު ދޮށް ގިރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ، ...