އައްޑޫ ސިޓީ ފޭދޫގައި 75 ހައުސިން ޔުނިޓް އެޅުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފި

އައްޑޫ ސިޓީގެ ފޭދޫގައި 75 ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ.ފޭދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  މިއަހަރުގެ އެޕްރިލްމަހު ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް، މިމަސައްކަތަށް ބީ ލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.

އަދި މި އިއުލާންގައި ބުނެފައިވަނީ މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ކަމުގައެވެ. 

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/381,000ރ ނުވަތަ އެޢަދަދާއި އެއްވަރު ޢަދަދެއްގެ ޔޫ.އެސް.ޑޮލަރުން ހުށަހަޅަން ޖެހޭނެއިރު، ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 11:00 ގައެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް އެންމެ ފުރަތަމަ ހުށަހެޅި ބިޑްތައް ކެންސަލް ކޮށްފައިވާ ސަބަބެއް ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެންބިލު މައާފު ކުރުމުގެ އިތުރު ޕްރޮގްރާމެއް ފެން ކުންފުނިން ފަށައިފި

ފެންކުންފުނީގެ ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެކުންފުނީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ...

ބީއެމްއެލް ކިޑްސް ރަންއިން އެމްއޭޕީޑީއަށް އެއް ލައްކަ ރުފިޔާ

ބީއެމްއެލް އަދި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި އަހަރު ބޭއްވި “ބީއެމްއެލް ވައު ކިޑްޒަ ރަން” ...

އައްޑޫ ސިޓީ ކައުންސިލުން އެސިޓީގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް

އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ޗައިނާއާއި ތުރުކީގެ ކުންފުނިތަކަކާއި ...