އައްޑޫގައި ދާއިމީކޮށް ޓީޓީ ކޯޗަކު ބަހައްޓައި އެކުޅިވަރު އާލާކުރަނީ

އައްޑޫސިޓީ ކައުންސިލާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެމެދު އެމް.އޯ.ޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މިއެމް.އޯ.ޔޫގެ ދަށުން އައްޑޫސިޓީގެ ޔޫތު ސެންޓަރުތަކުގައި ޓީޓީ ކުޅޭނެ ސަރަހައްދުތައް ޤާއިމް ކުރުމާއި، ޔޫތު ސެންޓަރތަކުގައި ހުރި ޓީޓީ ކުޅެން ބޭނުންކުރާ ތަކެތި އައު ކުރުން ހިމެނެއެވެ. އޭގެ އިތުރުން ދާއިމީ ކޯޗަކު އައްޑޫސިޓީގައި ބަހައްޓައި އިތުރު ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިންގުމާއި، އައްޑޫސިޓީގެ ކުޅުންތެރިންނަށް ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ވެސް ހިމެނިފައިވެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަކީ މިފަދަ ކުޅިވަރުތައް ކުޅެން ވަރަށްބޮޑަށް ޝައުގުވެރިވާ ޒުވާނުން ތިބި ސިޓީއެއް ކަމަށެވެ. މި ފަދަ ކުޅިވަރުތަކަކީ ރާއްޖެއަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ވަނަ ލިބުމުގެ ފުރުސަތު ވެސް އޮތް ކުޅިވަރުތަކަށްވާތީ އައްޑޫގައި ޓީޓީ ވަރުގަދަ ކުރަން ބޭނުންވާ ކަމަށެވެ

“އައްޑޫގައި މި ކުޅިވަރު ކުޅެން ބޭނުންވާ ކުދީން އެބަތިބި. ނެތީ ވަސީލަތްތައް. އިރާދަ ކުރެއްވިއްޔާ މި އެއްބަސްވުމުގެ ދަށުން ހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެ،”

ނިޒާރު ވިދާޅުވިއެވެ

މަސްދަރު: ހަލި ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވޭ: އދ

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯ ކައިރިން ރޯވެ ފެތިފައިވާ އާގުބޯޓުގެ ސަބަބުން ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އދން ...

ހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް ގޮތަބަޔާ ޤައުމު ދޫކުރައްވައި ރާއްޖެއަށް

ސްރީލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދަނިކޮށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކުރައްވައި، ރާއްޖެއަށް ވަޑައިގަންނަވާފައިވާކަމަށް އިތުބާރުހުރި ...

ތުރުކީ އާއި ސީރިއާއަށް ރާއްޖެއިން އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރަނީ

ތުރުކީ އަދި ސީރިޔާ ބޯޑަރު ކައިރިއަށް އައި ދެ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ...