ޔާޔާ ނަބީލްގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތްކަމަށްބުނެ ދޫކޮށްލައިފި

ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރާތީ ހައްޔަރު ކުރި ޔާޔާ ނަބީލް އަކީ މުޖުތަމައަށް ނުރައްކާތެރި މީހަކަށް ނުވާތީ އެނާ ދޫކޮށްލުމަށް ކޯޓް ޢަމުރު ކޮށްފިއެވެ.

އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައްސަލައާއި ގުޅިގެން ޔާޔާ ނަބީލް ހައްޔަރު ކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އޭނާ ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަން ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

އަދި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ އާއި، އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އަމުރުގައި ވެއެވެ.

އޭގެ އިތުރުން، އޭނާ ބަންދުުން ދޫކޮށްލައިފިނަމަ އާއްމު ރައްޔިތުންގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިހުތިމާލެއް އޮތުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލަމަތަށް ނުރައްކާ އޮތް ސަބަބެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އެ އަމުރުގައި ވެއެވެ. ނަމަވެސް އެއީ އޭނާ ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން ކަމަށް އެ އަމުރުގައި ވެއެވެ.

އޭނާ ފިލާފާނެ ކަމަށް ފެންނަ ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ. އެއީ ފުލުހުންގެ ތަހުގީގުގައި އޭނާގެ ފޯނުގެ ޕާސްވޯޑް ހޯދަން އެދުމުން ޕާސްވޯޑް ދީފައިނުވާތީ އާއި ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތެއް ފިލާފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

ނަމަވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އޭނާ މީސް މީޑިއާގައި ލައިވް ކުރާ ކަންކަން ބަލާ ހުރިހާ ފަރާތްތަކެއް އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އޭނާ ޓިކްޓޮކްގައި ބަރަހަނާވެގެން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އެފަހަރު ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމުކޮށްގެން ނަބީލް (ޔާޔާ) ހައްޔަރުކޮށްފައިވަނީ އޭނާ އެ ވީޑިއޯ އާންމުކުރިތާ އެއްދުވަސްފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ގައެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ތުހުމަތެވެ. އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކާއެކުކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އެނގިފައިވާގޮތުގައި އޭނާ ބަންދުން ދޫކޮށްލީ ސޯޝަލް މީޑިއާގައި ދެމަސްދުވަސް ވަންދެން އެއްވެސް ޕޯސްޓެއް ނުކުރުމަށް ޝަރުތުކޮށްފައެވެ.

އޭނާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ޙާޒިރުކުރުމުން އޭނާ ވަޖނީ ބަރަހަނާ ވީޑިއޯ ހަދާފައިނުވާނެކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ ޓިކްޓޮކަށް 3 މިނެޓްގެ ވީޑިއޯއެއް ލާފައިނުވާނެކަމަށާއި، ލެވުނީ 60 ސިކުންތުގެ ވީޑިއޯއެއްކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ އޭނާ ބޭޒާރުކުރުމަށް އޭނާގެ މޫނު ބޭނުންކޮށްގެން ކުރި ކަމެއްކަމަށްވެސް ނަބީލް ބުނެފައިވެއެވެ.

މަސްދަރު: ޚަބަރު އޮންލައިން. ކޮމް

Next: އައްޑޫ ބަހުން ހުތުބާ ކިޔުމުން މުދިމު މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފި