ފަހަތުން އަރާ ޗެލްސީ ބަލިކޮށް ސައުތުހެމްޓަންއަށް މުހިންމު މޮޅެއް

އިގިރޭސި ޕްރިމިއާލީގުގައި ރޭ ސައުތުހެމްޓަނުން ފަހަތުން އަރައި 2 – 1 ން ޗެލްސީ ބަލިކޮށް ލީގުގައި މުހިންމު މޮޅެއް ހޯދައިފި އެވެ

ރޭގެ މެޗު ފަށައިގެން ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޗެލްސީންނެވެ.  މިލަނޑު  މެޗްގެ 23 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.

ނަމަވެސް އޭގެ އިރުކޮޅެއްފަހުން ލިބުނު ކޯނަރެއްގެ އެހީގައި ސައުތުހެމްޓަން ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލު ސައުތުހެމްޓަންއަށް ޖަހައިދިނީ ރޮމެއޯ ލާވިއާއެވެ.

ސައުތުހެމްޓަން ގޯލް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމާއެކު ޗެލްސީގެ ކުޅުން ގެއްލި މެޗު ކޮންޓްރޯލް ކުރަމުންދިޔައީވެސް  ސައުތުހެމްޓަންއިންނެވެ. އެއާއެކު އެޓީމުން ވަނީ ފުރަތަމަ ހާފުގައި ޗެލްސީގެ ގޯލަށް ފޮނުވަމުންދިޔަ ހަމަލާތައް އިތުރުކޮށް، ހާފުގެ ފަހު ކޮޅުގައި 2 ވަނަ ލަނޑުޖަހާ ލީޑުވެސް ނަގާފައެވެ. ސައުތުހެމްޓަންއަށް މެޗުގައި ލީޑު ނަގައި ދިން ލަނޑު ކާމިޔާބުކޮށްދިނީ  އެޑަމް އާމްސްޓްރޯންގެވެ.

ރޭގެ މެޗުން ބަލިވުމުން ޗެލްސީ މިސީޒަނުގައި ކުޅުނު 5 މެޗްގެ ތެރެއިން ދެމެޗުންވަނީ ބަލިވެފައެވެ. މީގެ ކުރިން ޗެލސީ ބަލިވެފައިވަނީ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑް އަތުންނެވެ.

މިމެޗުން ޗެލްސީ ބަލިވުމުން 5 މެޗުން 7 ޕޮއިންޓް ލިބިގެން ޗެލްސީ އޮތީ ޕޮއިންޓް ޓޭބަލްގެ 8 ވަނާގައެވެ.

https://www.youtube.com/watch?v=_SDIe39VNhI

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ހިމްޔާނުވެސް ރަން މެޑެލް ހޯދައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ހުސައިން ހިމްޔާން ...

ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާވެސް ރަން މެޑަލް ހޯދައިފި

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު އަންހެން ޑަބަލްސް ބައިން  ރާއްޖޭގެ ފާތިމަތު ...

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ޗެލެންޖާސް އަތުން ޓީމް ގަރާޖް ބަލިވެއްޖެ

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ޗެލެންޖާސް ކުޅުނު ...