ރ. އަތޮޅު އުނގޫފާރުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އުނގޫފާރުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ޒުވާނަކު ގެނބިފައިވާ ކަމަށް އާދީއްތަ ދުވަހު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އުނގޫފާރު ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވިއެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ 25 އަހަރުގެ މިމްރާހް ކިޔާ ޒުވާނެކެވެ.
ކޮމެންޓްސް (0)