އިގިރޭސި ޕްރިމިއާލީގު: ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ޓޮޓެމްހަމްއިން ޕޮއިންޓް ޓޭބަލްގެ 3 ވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ޓޮޓެމްހަމްއިން ޕޮއިންޓް ޓޭބަލްގެ 3 ވަނައަށް ޖެހިލައިފިއެވެ.

މިފަހަރުގެ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ޓޮޓެންހަމްއިން ކާމިޔާބުކުރި  ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންއެވެ.

މިހާތަނަށް މި ސީޒަނުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިނުވާ ޓޮޓެމްހަމްއަށް  ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު  ޓޮޓެމްހަމްއާއި ވާދަކޮށް ބަލިވި ނޮޓިންހަމް ފޮރެސްޓުން ކުޅުނު ހަތަރު މެޗުގައި އެޓީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި އެޓީމް މިވަގުތު އޮތީ   ލީގު ތާވަލުގެ 14 ވަނައިގައެވެ.

ޓޮޓެންހަމްއިން މިފަހަރުގެ ސީޒަނަށް ތައްޔާރުވީ ރަނގަޅު ޓްރާންސްފާތަކަކާއެކުގައެވެ. މެދުކެނޑުމަކަށްފަހު ޓޮޓެންހަމްއިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ތައްޔާރުވެފައިވާ އިރު، ޓީމުގެ ފެންވަރު ކުރީ ސީޒަނާ އަޅާބަލާއިރު ފެންނަނީ ރަނގަޅަށެވެ. ހާއްސަކޮށް އަލަށް ގެނައި ކުޅުންތެރިންގެ ފަރާތުން މިހާތަނަށް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  –  ރޭ ކުޅެވުނު ދެމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

އެލްކްލެސިކޯ މެޗް ބާސާ ބަލިކޮށް ރެއާލް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ކުޅެވުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑް މެޗް ކާމިޔާބުކޮށްފިއެވެ. މިމެޗް ...

ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ފީފާ ވޯލްޑްކަޕުގެ ދެވަނަ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް ލިއޮނަލް މެސީގެ އާޖެންޓީނާ ސެމީ ފައިނަލަށް ...