ތެޔޮ ޓޭންކަރެެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމީހާ އެމްއެންޑީއެފް ކޯސްޓްގާޑުން ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްދީފި

ތެޔޮ ޓޭންކަރެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރީޔުނިއަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ “އެމްޓީ މާސްކް ޓީސްޕޯޓް” ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއްގައި ހުރި އުމުރުން 54 އަހަރުގެ ފިލިޕީންސް ފަޅުވެރިއެއްގެ ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ބުރާސްފަތި ދުވަހުގެ 13:54 ހާއިރުއެވެ.

އަދި އެ ތެޔޮ ޓޭންކަރު، އައްޑު އަތޮޅުގެ ހުޅަނގުއުތުރުން 8 ވަރަކަށް މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތެޔޮ ޓޭންކަރު އޮތް ސަރަހައްދަށް ގޮސްފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ތެޔޮ ޓޭންކަރުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބުރާސްފަތި ދުވަހުގެ ހަވީރު 16:54 ހާއިރު ވަނީ ގެންގޮސްދީފައެވެ.

Next: ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާއަށް، އެންމެ މޮޅު ކޯޗަކީ އެންޗޮލެޓީ