މަސައްކަތް ކޮށްކޮށް ވަރުބަލިވެފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ނ. ވެލިދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ނިމުމާއި ގުޅިގެން އެކަން ފާހަގަކޮށް ކުރެއްވި ޓުވީޓެއްގައެވެ. މަހުލޫފް ވިދާޅުވީ މިސަރުކާރުން ޒުވާނުންގެ ތަރައްޤީއަށް ބޮޑެތި މަސައްކަތް ކުރެވި، ނަތީޖާ ނެރެވިފައިވާކަމަށެވެ. އަދި ކުރެވުނު މަސައްކަތްތަކާއި ބަލާއިރު މިހާރު ވަރުބަލިވާ ހިސާބަށް ގޮސްފައިވާކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ރައީސް ޞާލިހު ޒުވާނުންނަށް ވެފައިވާ ވައުދުތައް ހާސިލް ކުރުމުގައި މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަމަށެވެ. އަދި ވެވަޑައިގެންފައިވާ ވައުދުތަކަށްވުރެ މާބޮޑަށްވެސް މަސައްކަތް ކުރެވިފައިވާކަމަށާއި، ރައީސް ވެފައިވާ ވައުދުތަކުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ހާސިލް ކުރައްވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގިނަ ޕްރޮޖެކްޓްތައް ހިންގައި ނަތީޖާ ނެރޭނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

ނ. ވެލިދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ނިމިއްޖެ، މަސައްކަތް ކޮށްކޮށް ވަރުބަލިވެސްވެއްޖެ. އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތް، ރައީސް ސޯލިހް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވައުދުވަޑައިގެންނެވި ވަރަށްވުރެ މާއިތުރަށް ޕްރޮޖެކްޓުތައް ދާނީ ބާރަށް ކުރިއަށް.

މަހުލޫފް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޮންގްރެސްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މީގެ ކުރިން ރަނގަޅު ފެންވަރުގެ ވޮލީ ކޯޓެއް އެޅިފައިނުވާ ކަމަށާއި، އެކަމަކު މި ސަރުކާރުން މިހާތަނަށް 10 ރަށެއްގައި ފެންވަރު ރަނގަޅު ވޮލީކޯޓު އަޅާފައިވާނެ ކަމަށެވެ. އަދި 30 އަށްވުރެ ގިނަ ވޮލީ ކޯޓުގެ މަސައްކަތް ކުރެވެމުންދާކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިންޑޯ ތިން ވޮލީ ކޯޓެއްގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ. ބެޑްމިންޓަން ވެސް 11 ރަށެއްގައި ކޯޓު އެޅިފައިވާނެ ކަމަށާއި، ހަ ރަށެއްގައި ސްވިމިންގ ޓްރެކް ހަދާފައިވާނެ ކަމަށާއި، 50 ރަށެއްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ، ބޮޑު ފުޓުބޯޅަ ދަނޑު އަޅާފައިވާ އެއްވެސް ސަރުކާރެއް ނޯންނާނެ ކަމަށާއި އެކަމަކު މި ސަރުކާރުން 38 ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައިވާނެ ކަމަށާއި އަދި 80 އަށްވުރެ ގިނަ ރަށުގައި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ އިންފްރާސްޓަކްޗަރ ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މީގެ އިތުރުން ރާއްޖޭގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތައް ބޭއްވުންވެސް އެއީ ސަރުކާރުގެ އަމާޒެކެވެ.

މަސްދަރު: ޚަބަރު އޮންލައިން.ކޮމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕާޓީން ނިންމާ އުސޫލުތަކާއި ހަމަތަކާއިއެކު، އެންމެނާއިވެސް މަޝްވަރާ ކުރެވޭނެ: އިލްޔާސް

މަޝްވަރާއަށް ދާނީ ޕާޓީން ނިންމާ އުސޫލުތަކާއި ހަމަތަކާއިއެކުގައި ކަމަށާއި، އެންމެނާއިވެސް މަޝްވަރާ ކުރެވޭނެ މަގު ހުޅުވިފައިވާކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ...

ވެރިކަމަށް އަންނަން އައްޑޫ، ވެރިކަން ވެއްޓުމުން އައްޑޫގައި ޖެހީ ހުޅު!

އިދިކޮޅު އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް މެނިފެސްޓޯ އެކުލަވާލާއިރު އެކަމަށް ޚާއްސަ އޮފީސް ހުންނާނީ ...

ދަށުކޯޓުން ރައީސް މައުމޫން ޖަލަށް ލުމަށް ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެއްޖެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ހައި ކޯޓުން ބާތިލުކޮށްފިއެވެ. ...