ލޮތާރި ސްޓްރީޓް 3  ދަރިވޭމްޕް – ފަހުހާފުގައި ޖެހި ލަނޑުން ވެޓްރަންސް ބަލިކޮށް ޒެފިޔާ އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި

ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް  ފުޓްބޯޅަ މުބާރާތުގައި  މިރޭ  ކުޅެވުނު ދެވަނަ މެޗްގެ ފަހުހާފުގައި ޖެހި ލަނޑުން މިމުބާރާތުގައި ޒެފިޔާ އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި  ކުޅެވުނު މިމެޗް ޒެފިޔާ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުން މީދޫ ވެޓްރަންސް ބަލިކޮށްފައެވެ.

  އަބްދުﷲ ސައީދު  ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ  ޒެފިޔާގެ މުހައްމަދު ދާނިޝްއެވެ.    

ޒެފިޔާ މިމުބާރާތުގައި  މީގެ ކުރީން ކުޅުނު ދެމެޗްވެސް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ.     

މިމެޗުން ޒެފިޔާ މޮޅުވުމުން ގްރޫޕް ބީގައި އެޓީމް ކުޅުނު 3 މެޗުން  އެޓީމަށް ލިބިފައިވަނީ  5 ޕޮއިންޓެވެ.  ޒެފިޔާ އަތުން ބަލިވި މީދޫ ވެޓްރަންސް ޓީމް ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން ބަލިވެ އެއްމެޗުން އެއްވަރުވެ އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެހެންކަމުން އެޓީމް އޮތީ 5 ޓީމް ހިމެނޭ ބީ ގްރޫޕްގެ ފަސް ވަނާގައެވެ.

ގްރޫޕް ބީގެ ޓީމްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތައް ބަލާއިރު ފޭދޫ ދަކްރައުސް އަށް 3 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. އަދި ހިތަދޫ ޒެފިޔާއަށްވެސް 3 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ.

ހިތަދޫ ޖަންތާ ގަރާޖަށް 3 މެޗުން 7 ޕޮއިންޓް ލިބިފައިވާތީ މިވަގުތު ބީ ގްރޫޕްގެ އެއްވަނާގައި އޮތީ ޖަންތާ ގަރާޖެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންމެ މޮޅުފިރިހެން 6 ކުޅުންތެރީންގެ ތެރޭގައި މީދޫގެ 3 ކުޅުންތެރިއަކު ހިމެނިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި ކުރިއަށް ގެންދިޔަ  ” ...

ސިޔާކަޕްގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފި

މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި “ސިޔާކަޕް” ގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފިއެވެ.  މިމަހުގެ 22 ވަނަ ދުވަހު ...

އައިއެސްއޭ ވޮލީ މުބާރާތް ޓޫސިސްޓަރ ކާމިޔާބުކޮށްފި

އައިއެސްއޭ ވޮލީ މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ލެއްޗޭ ބަލިކޮށް ޓޫސިސްޓަރ ޗެމްޕިއަންކަން ހޯދައިފި އެވެ. މިމަހުގެ 12 ...