ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބުއި ދިވެހި އަންހެނަކު މަރުވެއްޖެ

ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބޮއެގެން ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

ކެމިކަލެއް ބޮއެގެން އަމިއްލައަށް މަރުވެފައި ވަނީ ނ. މާފަރަށް އުފަން މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބޭނުންކޮށްގެން މަރުވެފައިވަނީ އުމުރުން 26 އަހަރުގެ އަންހެނެކެވެ.

އޭނާއަށް ފަރުވާ ދިނުމަށް ނ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެމަޖެންސީގައި މާލެ ގެންދިޔައިރު އޭނާ މަރުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މިމައްސަލައަކީ އަމިއްލައަށް މަރުވި މީހެއްގެ މައްސަލައަކަށްވުމުން ފުލުހުން އެކަމުގެ މައުލޫމާތު ހާމަކޮށްފައިނުވެއެވެ.

Next: ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – އެފްސީ އަފިރިން މެޗް ނުކުޅެ ދޫކޮށްލުމުން 3 ޕޮއިންޓް ލިބި އޭ ގްރޫޕްގެ 1 ވަނަ އޭޓީއަށް