ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  . 12 މެޗް ކުޅެވުނުއިރު ގްރޫޕް އޭއިން މިވަގުތު އެއްވަނަ. ގައުމު އެފްސީ – ގްރޫޕްބީން މިވަގުތު އެއްވަނަ ދަކްރައުސް

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި  މިހާތަނަށް 12 މެޗް ވަނީ ކުޅެވިފައެވެ.

12 މެޗް ކުޅެވުނުއިރު ގްރޫޕް އޭއިން 3 މެޗް ކުޅެގެން 5  ޕޮއިންޓް ލިބިގެން މިވަތު ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ ގައުމު އެފްސީއެވެ. މިގްރޫޕުން އޭޓީ ސްޕޯޓްސްއަށް 2 މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު މައިލޯ ސިޓީއަށް ދެމެޗުން ދެޕޮއިންޓް އަދި އެފްސީ އަފިރިންނަށް 2 މެޗުން 3 ޕޮއިންޓް ލިބިފައިވެއެވެ.

ގްރޫޕް ބީގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު 3 މެޗުން 5 ޕޮއިންޓުން ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި މިވަގުތު އޮތީ ދަކްރައުސްއެވެ. 2 މެޗުން 4 ޕޮއިންޓް ލިބިގެން ޖަންތާ ގަރާޖް ޕޮއިންޓް ޓޭބަލްގެ 2 ވަނަ ލިބޭއިރު ޕޮއިންޓް މީދޫ ވެޓްރަންސްއަށް ތިންމެޗުން ލިބިފައިވަނީ 1 ޕޮއިންޓެވެ.

މިރޭ ކުޅެވޭ މެޗްތަކަށްފަހު ޕޮއިންޓް ޓޭބަލްއަށް ބަދަލު ތަކެއް އަންނާނެއެވެ

ތިރީގައި އެވަނީ މިއަދާއި ހަމައަށް ޓީމްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލެވެ.

ގްރޫޕް އޭ

# ގައުމު އެފްސީ –  3 މެޗް ކުޅެގެން 5 ޕޮއިންޓް

# އެފްސީ އަޚުން – 3 މެޗް ކުޅެގެން 0 ޕޮއިންޓް

# މައިލޯސިޓީ އެފްސީ. 2 މެޗުން 2 ޕޮއިންޓް

# އޭޓީ ސްޕޯޓް ކްލަބް: 2 މެޗް ކުޅެގެން 4 ޕޮއިންޓް

# އެފްސީއަފިރިން: 2 މެޗް 4 ޕޮއިންޓް

ގްރޫޕް ބީ

# މީދޫ ވެޓްރެންސް: 3 މެޗް ކުޅެގެން 1 ޕޮއިންޓް

# ޖަންތާ ގަރާޖް: 2 މެޗް ކުޅެގެން 4 ޕޮއިންޓް

# އެފްސީ ޒެފިޔާ: 2 މެޗުން 2 ޕޮއިންޓް

# ދަކްރައުސް: 3 މެޗުން 5 ޕޮއިންޓް

# އެފްސީ އުސްގަޑަ: ދެމެޗުން 2 ޕޮއިންޓް

މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅުވާ ދެޓީމް ސެމިފައިނަލަށް ހޮވޭގޮތައް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ފުރަތަމަމެޗްގައި އެއްކޮޅުން ބައްދަލުކުރާ ޓީމަށް ހަމަޖެހިފައިވަނީ ގްރޫޕްގެ އެއްވަނަ ޓީމެވެ. އަދި ސެމީފައިނަލްގެ ދެވަނަ މެޗްގައި އެއްކޮޅުން ބައްދަލުކުރާނީ ގްރޫޕްބީގެ އެއްވަނަ ޓީމެވެ.  އަދި މީގެ  އިތުރަށް ކޮންމެ ގްރޫޕަކުން 2 ވަނަ އަދި ތިންވަނަ ޓީމް ހޮވޭނީ ކްއާޓާފައިނަލަށެވެ.

ކްއާޓާފައިނަލްގެ ފުރަތަމަ މެޗަގައި ބައްދަލުކުރާގޮތައް ހަމަޖެހިފައިވަނީ  ގްރޫޕް އޭ ގެ 2 ވަނަ ޓީމާއި ގްރޫޕް ބީގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ  އޭ ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވޭޓީމާއެވެ.  

ކްއާޓާފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ގްރޫޕް އޭގެ ތިންވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވޭޓީމާއެވެ

ބެސްޓް ސެލެކްޝަން ކޮމްޕެނީ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފާއިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނައަޕްޓީމަށް 10،000ރ. ދިނުމަށްވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ. ރާއްޖެއަށް މި ...

ބެސްޓް ފުޓްސަލް މުބާރާތް 2018: ޝަންގްރިއްލާއާއި ޑީއެފްސީގެ ކުރިމަތިލުން އެއްވަރު

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި ރޭ ކުޅުނު ފުރަތަމަ މެޗް ...

ޔުއެފާ އެވޯޑަށް ވާދަކުރަނީ ކަންޓޭ، ޖޯޖީނިއޯ އަދި ޑިބްރޭނާ

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އިޓަލީގެ ޖޯޖީނިއޯ އާއި ...