އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިހާބު ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް އިިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސް ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ

ރައީސް ވިދާޅުވީ، ޕާޓީން ކެންޓިޑޭޓެއް އޮންނަ އުސޫލުގެ ތެރެއިން ކަނޑައަޅާ، އެ ކެންޑިޓޭޓް ހޮވަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީ އަކީ ތާއީދު ބޮޑު އަދި ސިޔާސަތު ފުރިހަމަ ޕާޓީއެއް ކަމަށާއި 2023 ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުން ދެން ބަހައްޓަންވީ، އަމާޒުކުރަންވީ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަށް. އެކަތިގަނޑެއްގެ ގޮތުގައި ތިބެ އަޅުގަނޑުމެންގެ ވާދަވެރިން ކުރިއަށް މިއޮތް އިންތިހާބުން ބަލިކުރުމަށް އެއް އަޒުމެއްގައި ނިކުންނަންވީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ އިންތިޒާމުވެގެން، ރޭވިފައިވާ ޕާޓީއެއް ކަމަށެވެ.

ކޮންގްރެސް ފެށި އިރު އޮތް މާހައުލު ވަރަށް ތަފާތު ކަމަށާއި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް މެމްބަރުންގެ މެދުގައި އޮތް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ނިޒާމީ ގަރާރު އަނބުރާ ގެންދަވަން ނަޝީދު ނިންމެވި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި ކޮންގްރެސް މި ނިންމާލަނީ ވަރަށް މެޗުއާ ޕާޓީއެއް ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

Next: ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  . 12 މެޗް ކުޅެވުނުއިރު ގްރޫޕް އޭއިން މިވަގުތު އެއްވަނަ. ގައުމު އެފްސީ – ގްރޫޕްބީން މިވަގުތު އެއްވަނަ ދަކްރައުސް