ހިޔާ ފުލެޓުތަކުގެ މަޝްރޫޢުގެ ބޮޑުބައި ނިންމީ އަޅުގަނޑުމެން: އަސްލަމް

ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފެށި ހިޔާ ފުލެޓުތަކުގެ ބޮޑުބައި ނިންމީ މި ސަރުކާރުން ކަމަށް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، ޚާއްސަކޮށް މާލޭގައި އެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެކަން ހައްލުކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަމުން ގެންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު ކުރީ ސަރުކާރުން ފެށި ބައެއް މަސައްކަތް ނުހިނގާ ވެސް ހުރި ކަމަށެވެ.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ބައެއް މަސައްކަތް ނުހިނގާ ވެސް ހުރި. ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނަގާކަށް އަޅުގަނޑު ނެތިން. އެހެން ނަމަވެސް ދަންނަވާފާނަން ވަރަށް ސާފުކޮށް ކެރިހުރެގެން.. ހިޔާ ފުލެޓުތަކުގެ ތެރެއިން ބައެއް ފުލެޓުތަކުގެ ފައުންޑޭޝަން އެކަނި އަޅާފަ ހުރީ އަޅުގަޑުމެން އައިއިރު. އަނެއް ބައި ތަންތަން ހުރީ ކޮންމެވެސް ވަރަކަށް ހަދާ ނިންމާފަ. ބޮޑުބައި އަޅުގަނޑުމެން އޮތް ޕްލޭނާ އެއްކޮށް ނިންމާލަދިނީ. އަދި މީގެ އިތުރަށް ވިނަރެސް ފުލެޓްތަކުގެ ފައުންޑޭޝަން ނުވެސް އަޅާ. އަޅުގަނޑުމެން އެކަން ވެސް ނިންމާލަދިނިން

އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ވެރިކަން ބަދަލުވުމަކީ ހުރިހާ ކަމެއް އެއް ފަރާތް ކޮށްފައި މުޅިން އާ ކަންކަމެއް ފެށުން ނޫން ކަމަށާއި، ކުރީ ސަރުކާރަށް ނުނިމި ހުރި ކަންކަން ދެން އަންނަ ސަރުކާރަކުން ނިންމައިދިނުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލު ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސައްކަތްތެރިންގެ ހައްޤުތަކާއި ގުޅޭ ބިލުތައް ފާސްކޮށް މިއަހަރު އަމަލު ކުރެވޭ ގޮތް ހަދައިދޭނަން

މި އިންތިހާބު ނިމުމާއެކު މަސައްކަތްތެރިންގެ ހައްގުގައި ފާސްކުރަން ޖެހޭ ބިލުތައް ފާސްކޮށް މި އަހަރު ތެރޭގައި އެއަށް އަމަލުކުރެވޭނެ ...

ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ ދަށުން ދިރާސީ އާއަހަރު ފެށޭއިރު 25 ސްކޫލްގައި މި ...

ޔޫޓީއެފް އެއްބަސްވުމުގައި ޔާމިން ސަރުކާރުގެ ދައުރެއްވެސް އެބައޮތް: ރިޔާޒް

އުތުރުތިޅަފަޅުގެ އެއްބަސްވުމުގައި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގެ ދައުރު ވެސް އެބައޮތް ކަމަށް ވިދާޅުވެ ކުރީގެ ...