ބަރުލަމާނީ ނުގެނެވޭނަމަ، 2023ގައި އެމްޑީޕީއާއިއެކު ނުހުންނާނެކަމަށް ނަޝީދު ވިދާޅުވެއްޖެ

އެމްޑީޕީގެ ހުރިހާ މެންބަރުންނާއެކު ނޫނީ ރިޔާސީ އިންތިހާބަށް ނުކުންނަވަން ބޭނުންފުޅުވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންނެވި ކޮންގްރެސްގެ މާލަމުގައި ނަޝީދު ވިދާޅުވީ، މިހާރު އެމްޑީޕީ މިތިބި ގޮތަށް ތިބެއްޖެނަމަ، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ތެރޭން އެތައް ބަޔަކަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނުނު ކަމުގައިވީ ނަމަވެސް، އެއީ ހަމައެކަނި އެމްޑީޕީގެ އުއްމީދު ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކޮންގްރެސްގައި އެ ވޯޓު ނެގީމަ ނަތީޖާ އޮންނާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ވޯޓު ކާމިޔާބު ނުވި ނަމަވެސް އެހެން ޕާޓީތަކުން ފެނުން ފަދަ ހުތުރު މަންޒަރެއް އެމަނިކުފާނުގެ ފަރާތްޕުޅުން ނުފެންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ހުރިހާ މެމްބަރުންނާއެކު ނޫން ގޮތަކަށް ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނު ޕާޓީގެ މެންބަރުންނާއެކު ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ނިޒާމާ ގުޅޭ ގޮތުން ކޮންގްރެސްގައި ވޯޓު ނެގުމުން އުފެދޭ ހައިޖާނުގެ މަންޒަރު ދެކެން އެމަނިކުފާނު ބޭނުން ނުވާ ކަމަށެވެ. އެހެން ޕާޓީތައް ބައިވެގެން ދިޔައިރު ކުރިމަތީގައި ހުރި މޭޒު ތަޅައިގެން ދިޔަ ކަމަށާއި ނަމަވެސް، އެ މަންޒަރު އެމްޑީޕީގެ ތެރޭން ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު އެއްގޮތަކަށްވެސް ނޭދޭން އެހެން ޕާޓީތައް ބައިވެގެން ދިޔައިރު ކުރިމަތީގައި ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު އަޅުގަނޑުމެންގެ ޕާޓީެއަކުން ނުފެންނާނެ އިރާދަކުރެއްވިއްޔާ. ނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކު ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތިޔަ ބޭފުޅުންނާއެކު ނުނިކުމެވޭނެ

ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު މިހާރު ކުރިއަށްދާ ކޮންގްރެސްގެ މެޖޯރިޓީ ކޮންޓްރޯލްކުރާނެ ކަމަށް ބެލެވޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިޒާމީ ވޯޓަކަށް ދިއުމަށް ނަޝީދު ހުށައަޅުއްވާފައިވާ ގަރާރަށް ތާއީދެއް ނުކުރައްވައެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަހްރޭޒް ހޯދުމަށް ލިވަޕޫލުން މަޝްވަރާތައް ފަށައިފި

ޕްރިމިއަ ލީގުގެ ލެސްޓަ ސިޓީއަށް ކުޅެމުން އަންނަ ރިޔާދު ކަރީމް މަހްރޭޒް ހޯދުމުގެ މަޝްވަރާތައް ލިވަޕޫލުން ފަށައިފި އެވެ. ...

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުވާކަމަށްބުނެ މިދިޔަ ހުކުރުދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް،  ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން ...

ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ

ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ. އުމުރުފުޅުން 81 އަހަރުގައި، ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ސިއްހީ ...