އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މި ސަރުކާގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިގޮތަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ހަވީރު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ. ފައްޔާޒު ވިދާޅުވީ، މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށްފަހު ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، އެފަދަ މައްސަލަތަކެއް ހުރި ނަމަވެސް އެއީ ބަލާފައި ފިޔަވަޅު އަޅާނެ މައްސަލަތަކެއް ކަމުން ކޮންގްރެސް ލަސް ކުރަން ޖެހޭ އެއްވެސް ކަހަލަ ސަބަބެއް ނެތް ކަމަށެވެ. އަދި ކޮންގްރެސް ފަސްކުރުމުގެ ބާރު ޗެއާޕާސަނަށް ނޯންނާނެ ކަމަށާއި އެއީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އޮންނަ ބާރެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އަލީ އާޒިމް މިއަދު އެމްޑީޕީގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މިހާރު ތިބި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ގޮފިތަކުގެ މަންދޫބުންނާއެކު ކޮންގްރެސް ބާއްވައިފި ނަމަ އެ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދަން ޖާގަލިބޭނެ ކަމަށެވެ.

” މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިޕާރޓީގެ ކޮންގރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫންކަމަށާއި އަދި ގޮފިތަކުން ކޮންގޮރެސްގައި ވާދަކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާއި ވެސް ހިއްސާކޮށްފައިނުވީތީވެ، އެފަރާތްތައް ކުރިއަށް މި އޮތް ކޮންގްރެސްގައި ބައިވެރި ވެއްޖެނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމެއްކަމަށް ދެކެމެވެ.” އާޒިމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކޮންގްރެސް ފަސްކޮށްދޭން ވަކި މުއްދަތަކަށް އެދިފައެއްނުވެ އެވެ. ނަމަވެސް އޭނާ އެދިވަޑައިގެންފައިވަނީ ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ނުބޭއްވުމަށެވެ. އަދި މިހާރު ތިބި ގޮފިތަކުގެ ރައީސުންގެ މައުލޫމާތު އާއްމުކޮށްފައިނުވާތީ އެ މައުލޫމާތުތައް އާއްމު ކުރަންވެސް އެދިވަޑައިގެންފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެ

ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ. ހުޅުމާލޭގައި ގާއިމް ކުރާ “ކޮވިޑް ވިލެޖް” އަކީ، ...

އެމްޑީޕީ ޕްރައިމަރީ: މީދޫގެ ގޮޑިއަށް ދެބޭފުޅުން ވާދަކުރައްވާނެ

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޓޭޓުން ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީ މި ޖެނުއަރީމަހުގެ 31 ވަނަ ...

އެލްކްލެސިކޯ މެޗް ބާސާ ބަލިކޮށް ރެއާލް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ކުޅެވުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑް މެޗް ކާމިޔާބުކޮށްފިއެވެ. މިމެޗް ...