ފޯނު ފޭރިގަތް މައްސަލައިގެ ތަފްސީލް ދެއްވަން ނަޝީދު ދެކޮޅު ހައްދަވައިފި

ލަންޑަނުގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުވަން އިންނަވަނިކޮށް ފޯނު ފޭރިގަތް މައްސަލާގައި ނޫސްވެރިން ސުވާލު ކުރުމުން ޖަވާބު ދެއްވަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފޯނު ފޭރިގަތް މައްސަލައާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކުގެ ޖަވާބްގައި ނަޝީދު ވިދާޅުވީ އެސުވާލުތަކަކީ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި މައުޟޫއާއި ގުޅޭ ސުވާލެއް ނޫން ކަމަށާއި ފޯނު ފޭރިގަތް މައްސަލަ ލަންޑަނު ފުލުހުންނަށް ހުށަނާޅުއްވާ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ފޯނު ފޭރިގަތްފައިވަނީ ރައީސް ސޯލިހު އަންހެނަކާއެކު އެކެހެރިވެ ނަގާފައިވާ 4 ފޮޓޯ މީހަކު އެމަނިކުފާނުގެ ފޯނަށް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް އެ ފޮޓޯތަކުގައި ރައީސް ސޯލިހު އާއެކު ހުންނެވީ ކާކު ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.

ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ނުދެއްވަން އުޅުއްވުމަށް ފަހު ނަޝީދު ވިދާޅުވީ ރައީސްގެ ފޮޓޯތަކުގެ ވާހަކަ ދެއްކެވީ އެމްޑީޕީގެ ގުނަނެއްގެ އެތެރޭގައި ކަމަށާއި އެއީ ވަކި މަފްހޫމެއްގައި ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

”ކޮންމެ މީހެއްގެ ކޮންމެ ފޮޓޯއަކާ ދޭތެރޭގައި ވެސް ތަހުގީގުކުރަން ޖެހޭނީ އެއް ހަމައަކުން “ 

ރައީސް ނަޝީދު ވިދާޅިވިއެވެ.

އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކަށް ވެސް އެބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް، އެއާއި މެދު އަމަލުކުރަން ޖެހޭނެކަން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ބުނެ ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އަޅުގަނޑާ ގުޅޭ ގޮތުން ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އެހުރިހާ ކަމެއް ވެސް ހިނގަމުން ދާން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭން

ލިއުމެއް ބައްލަވައިގެން ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ ޖަވާބު ދެއްވަމުން ވެސް އެމަނިކުފާނު ވިދާޅުވީ އެއަށް ފަހު ދެން އެ ވާހަކަ ނުދައްކަވާނެ ކަމަށެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ މިއަދުގެ ބްރީފިންގެ މައުލޫއިން ބޭރު ސުވާލެއް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޭން މަރުވެއްޖެ

ފުޓުބޯޅަ އަދި ވޮލީ ކުޅުނު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ) މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

ކޮކާ ކޯލާ ކުންފުނި ކްލަސްޓާ އަދި ކޯވިޑް ވިލެޖް ކްލަސްޓާ : އެންމެ ބޮޑު ދެ ކްލަސްޓާ

އިއްޔެއަކީ މިދިޔަ މަހުގެ 15ގައި މާލެއިން ކޯވިޑް-19 ފެނުނު ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ...

ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލަށް ތާއީދު ކުރި ބޭރު ޓީޗަރު ހަނިމާދޫން ފުރުވާލައިފި

މުޅި ހަނިމާދޫ ސްކޫލް ފަލަސްޠީނާ އެކުކަން ހާމަކުރިތާ 24 ގައިޑިއިރު ނުވަނީސް އެ ސްކޫލްގެ އިސް މަގާމެއްގައި ހުރި ...