ޔާމީންގެ ވެރިކަމިގައި ހިނގި ވައްކަމުގެ ޒިންމާ ނަންގަވަންޖެހޭނީ ހަމަ އެމަނިކުފާނު: ނާޒިމް

ރައީސް ޔާމިނުގެ ވެެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ހަމަ އެމަނިކުފާނުކަމަށް ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް) ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން އެމަނިކުފާނު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދެއްކުމުންނެވެ. ކާނަލް ނާޒިމް ވިދާޅުވީ،ރައީސް ޔާމިނުގެ ވެެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ، ދައުލަތާއި އަދި ސަރުކާރުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމިންކަމަށެވެ. ކަންކަން އެނގިވަޑައިނުގަތީ ޒިންމާ އަދާ ނުކުރެވޭތީކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައަކީ ރައީސް ޔާމީންގެ ވެރިކަމުގައި އުފަންވި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެވެ. ރައީސް ޔާމިން ވަނީ އެ މައްސަލަ އެންމެ ފުރަތަމަ ބެލުމަށް ފެއްޓެވީވެސް އެމަނިކުފާނުގެ ވެރިކަމުގައިކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމިން ވިދާޅުވީ، ސިޔާސީ މީހުންގެ ތެރެއިން ސިޔާސީ ހަރަކާތްތަކަށް ފައިސާ ދޭކަމަށާއި، ކޯޓުގައި ހިގަމުންދާ މައްސަލަތަކުގައި ހެކިބަސް ދޭ މީހުންވެސް، ސިޔާސީ ހަރަކާތްތަކަށް ވިޔަފާރިވެރިން ފައިސާ ދޭކަމަށް ބުނަމުންދާ ކަމުގައެވެ. އަދި އެފައިސާ ބަލަހައްޓަމުން ދިޔައީ އަދީބުކަމަށް އެމީހުން ޝަރިއަތުގައިވެސް ބުނަމުންދާ ކަމުގައި ޔާމީން ވިދާޅުވިއެވެ.

އިތުރަށް ރައީސް ޔާމިން ވިދާޅުވީ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުންތަކުގައިވެސް، އެމަނިކްފާނުގެ 5 މިލިއަން ޑޮލަރު އަދީބު އަތުގައި ހުރިކަމަށް އަދީބު ވިދާޅުވި ކަމަށާއި، މަސައްކަތް ކުރެއްވީ އެފައިސާ ހޯއްދެވުމަށް ކަމަށެވެ. އެއީ އެމަނިކްފާނަށް ލިބެންޖެހޭ ފައިސާކަމުގައި ރައީސް ޔާމިން ތަކުރާރު ކުރެއްވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި، ބޭންކަށް ވަދެފައިވާކަމަށް ބުނާ ދައުލަތުގެ ފައިސާ ބޭންކަށް ވަތް ގޮތްތަކާއި ގުޅޭގޮތުން ބޭންކުގެ އޮފިޝަލުންނާއި އަދި އެމްއެމްއޭގެ އޮފިޝަލުންނާވެސް ސުވާލުކުރަން ޖެހޭ ކަމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތައި ގުޅިގެން އުފުލި މަނީލޯންޑަރިންގެ ދައުވާ ދަށު ކޯޓުން ސާބިތުވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާޠިލްކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށައިފި

ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ “ޒޫމޫ   އެޗްޑީ ” ޗެނަލް ދިރާގު ޓީވީން ދޫކުރަންފަށައިފިއެވެ. އުމުރުން ތިން އަހަރާ ...

އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން ބުލީކުރުން- ރޭވިގެން ހިންގާ ޢާންމު ކަމެއް- ޝަރީފް

މާލޭގެ އިއްޒަތްތެރިން، އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ...

ކަރަންޓީނާއި ހިލާފުވާނަމަ ރަށްތަކުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު

ރަށްރަށުގައި ކަރަންޓީނު ކުރާ ފަރާތްތަކުންނާއި ކަރަންޓީންކޮށްފައިތިބޭ މީހުން އުޅެމުންދާ ގޭގައި އުޅޭ އެހެން މީހުން ކަރަންޓީނު ކުރުމުގެ އުސޫލާ ...