އެެއް ޖިންސުން ގުޅުން ހިންގުމަކީ އެހެން މީހެއްގެ ނަފްސާއި ފުރާނައަށް ނުރައްކާވާ ޒާތުގެ ކުށެއް ނޫން ކަމަށާއި ޔޯގާ ހުއްޓުވުމުގެ ގޮތުން ހިންގި ހަމަނުޖެހުންތަކަކީ އެހެން މީހުންގެ މިނިވަންކަމަށް ހުރަސް އަޅާ ކަންތައްތަކެއް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ޒިނޭކުރުމާއި ލިވާތުކުރުމަކީ ވެސް ކުށެއް ކަމަށާއި އެކަމަކު އެ ކުށަކީ ބަޔަކު އެކަހެރިވެ ތިބެގެން ކުރާ ކުށެއް ކަމަށެވެ. އަދި، އެކަމުން އެހެން މީހެއްގެ ނަފްސާއި ފުރާނައަށް ނުރައްކަލެއް ނޯންނާނެ ކަމަށާއި އެއްވެސް މީހެއްގެ މިނިވަންކަމަށް އެކަމުގެ ސަބަބުން ހުރަސް ނޭޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ލިވާތު ކުރިކަމަށް ތުހުމަތުވާ މީހުން، ތަހުގީގު ނިމުނީމަ ޝަރީއަތުގެ ހުކުމެއް ނެތްހާ ހިނދަކު ބަންދުކޮށްފައި ނުބޭތިއްބޭނެ“

އިބުރާ ވިދާޅުވިއެވެ.

އެކަމަކު، އެއާ ހިލާފަށް ޔޯގާ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސްއަޅާ، ޖިސްމާއި ފުރާނައަށް ހަމަލާދިނުމުގެ އަމަލުތައް ހިމެނޭ ގޮތަށް އާންމުތަނެއްގައި ހިންގި ނިރުބަވެރިކަމުގެ އަމަލެއް ކަމަށާއި އެފަދަ ބަޔަކު ދޫވެފައި ތިބުމަކީ މުޖުތަމައަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ޔޯގާ މައްސަލައަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅާ، ޖިސްމަށް އަނިޔާ ދެވޭނެ އަމަލުތަކެއް ހިމެނޭ ގޮތަށް، އާންމު ތަނެއްގައި ހިންގި ޓެރަރިޒަމްގެ އަމަލެއް. ކުށުގެ ވެށިން ހައްޔަރުކުރި މީހުން އެބަތިބި. އެހެން ކަމަށްވާ ނަމަ އެމީހުން ދޫކޮށްފައިތިބުމަކީ އެހެން މީހުންނަށް އޮތް ނުރައްކަލެއް“

އިބުރާ ވިދާޅުވިއެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ...

އިނަ މޯލްޑިވްސް އިން އައްޑުއަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަނީ

އިނަ މޯލްޑިވްސް ހޮލިޑޭސް އިން އިންޑިއާ އިން އައްޑުއަށް ހަ ޗާޓަރު ފްލައިޓް ބާއްވަން ނިންމައިފި އެވެ. އޮންލައިން ...

މަސްތުވާ ތަކެތީގެ މައްސަލައެއްގައި މީދުން ދެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި  މީދުން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މިދެޒުވާނުން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމީދޫގައި ޕޮލިހުން ހިންގި ...