ބަރަހަނާ ފޮޓޯ މައްސަލާގައި ރަންވީރު ފުލުހަށް ހާޒިރުވާން އަންގައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ސުވާލު ކުރުމަށް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ރަންވީރާއި ޗިޓް ހަވާލުކުރުމަށް އެގެއަށް ދިޔައިރު ރަންވީރު ގޭގައި ނުޅޭތީ ސީދާ ރަންވީރުއާއި ޗިޓް ހަވާލުކުރެވޭ ގޮތްވެފައި ނުވާ ކަމަށްވެ އެވެ.

މުމްބާއީ ފުލުހުން ބުނީ ރަންވީރު ރަންވީރު ފުލުހުންނަށް ހާޒިރު ކުރަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާގެ ބަރަހަނާ ފޮޓޯތައް އާންމުކުރި ކަމަށް ބުނެ ޗެމްބޫރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

ރަންވީރުގެ ބަރަހަނާ ފޮޓޯޝޫޓް މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ.

އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ އާއި އާންމު ފަރުދަކު ވެސް ރަންވީރުގެ މި ފޮޓޯތަކުގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން އެފޮޓޯތައް ޝާއިރުކުރި މަޖައްލާ ހިފެހެއްޓުމަށް ކޯޓު އަމުރެއް ނެރުމަށް ވަނީ ހުށަހަޅާފަ އެވެ.

ރަންވީރު އެ ފޮޓޯތައް ނަގާފައި ވަނީ ނިއު ޔޯކް މެގަޒިނެއް ކަމަށްވާ ޕޭޕާ މެގަޒިން އަށެވެ.

މި އަހަރުގެ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ރަންވީރު ސިންގްގެ ބަރަހަނާ ތަސްވީރުތައް އެ މެގަޒިންއިން އާއްމު ކުރިއިރު، އެ ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބުނު ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.

އެ ފޮޓޯތަކުގެ ދިފާއުގައި ރަންވީރު ވެސް ވާހަކަ ދައްކާފައިވާއިރު، އޭނާގެ އަންހެނުން ބަތަލާ ދިޕިކާ ވެސް ރަންވީރުގެ ދިފާއުގައި ވަނީ ވާހަކަ ދައްކާފަ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ވެސް ވަނީ ރަންވީރުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

މަސްދަރު: ހުރިހާ

Next: ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫން: އިބުރާ