ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ނަޝީދު ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކުރަންވެސް ކުރައްވާ ރައީސް މުހައްމަދު ނަޝީދު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރައްވަން ހުށަހެޅުއްވީ، ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެ މަނިކުފާނު ހުށަހެއްވި ގަރާރުގައެވެ. މި ގަރާރުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗަކީ ފަސް ފަނޑިޔާރުން ކަމުގައި ހަމަ ޖައްސައި، އެކަން ގާނޫނު އަސާސީގައި ހިމެނުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމުގައި ކަނޑައަޅަން ރައީސް ނަޝީދު ހުށަހެޅުއްވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހެއްގެ ގޮތުގައި އޮއްވާ އެކަން ބަދަލުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް އަދި ކުރިން ތިބި ފަސް ފަނޑިޔާރުން ވަކިކޮށް އަލުން ހަތް ފަނޑިޔާރުން ކަނޑައެޅީ އެމްޑީޕީ މެޖޯރިޓީ ކޮންޓްރޯލް ކުރާ މަޖިލިސް ނަވާރައިންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތެއްގައިވަނިކޮށް އެ އަދަދު ފަހަކަށް ބަދަލުކުރަން ރައީސް ނަޝީދު ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް އުއްތަމަ ފަނޑިޔާރު މިދިޔަ ހަފްތާގައިވަނީ ދެއްވާފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، ހަތް ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ބަދަލުކުރަން ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާފައިވާއިރު ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންނަކީވެސް މި ވެރިކަމުގައި އައްޔަންކޮށްފައިތިބި ހަތް ފަނޑިޔާރުންނެވެ. 

ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާމެދު ސަރުކާރުންނާއި އެމްޑީޕީންވެސް ހިތްހަމަ ނުޖެހޭކަމަށް ރިޕޯޓްތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރުން ހިމެނެއެވެ. އަދި ބަދަލު ދިނުމުގެ ކަންކަން ޝަރުއީ މަރުހަލާއިންދާ ގޮތާއި މެދުވެސް އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން ހުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ހޮނިހިރު ދުވަހުގެ އިރުއޮއްސި ...

އައްޑޫ މަސް ފެކްޓްރީގައި ޖާގަ ނެތުމުން، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވަން ކޫއްޑޫއަށް ދިޔުމަށް މިފްކޯއިން އެދިއްޖެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޓޭންކު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރެވެމުންދާތީ، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވުމަށް ...

މީދޫ ޓާފް ދަނޑު ހުޅުވައިފި

މީދޫގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ...