ހުޅުދޫ ނިއުލައިން ބޯޓް ފަރަށް އަރައިފި

މާލެއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފިއެވެ.

އައްޑޫސިޓީ ހުޅުދޫ “ނިއުލައިން” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ފަރަށް އަރާފައިވަނީ  މިއަދުގެ ފަތިހު 03:30 ހާއިރު ކަމަށް ބޯޓުން ވާހަކަ ދެއްކިމީހަކު މައުލޫމާތު ދީފައިވެއެވެ.

6 މީހުންނާއި އެކު ދަތުރުކުރަމުންދިޔަ މި ބޯޓު ފަރަށް އަރާފައިވަނީ ލ.މާމެންދޫ  ކައިރި ސަރަހައްދުގެ ފަރަކަށެވެ.

 ބޯޓު ފަރަށް އަރައި އެއް ފަޅިއަށް އަރި އަޅާލާފައިވާއިރު ބޯޓުން 3 ފޫޓަށްވުރެ ބޮޑުތަކެއް ފަޅައިގެން ގޮސް ބޯޓަށް ލޮނުއަރާ ބޯޓުގައި ހުރި ގިނައަދަދެއްގެ މުދަލަށް ބޮޑެތި ގެއްލުމެއް ލިބިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބޯޓު ފަރަށް އެރުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް މިހާރު ބޯޓުގެ ފަރާތުންވަނީ އެދިފައެވެ.

ބޯޓުފަރަށް އަރާ ބޯޓަށް ގެއްލުންތަކެއް ލިބުނުކަމުގައިވިޔަސް ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް  ގެއްލުމެއް ލިބިފައިނުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދު ވަކިކުރަން ސޮއިކުރައްވަން ކެރިވަޑައި ނުގެންނެވި 4 މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރަން މަޖިލހަށް ހުށަހެޅުނު ލިޔުމުގައި ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު ...

ކޮވިޑް 19: ހޯމަދުވަހު 454 މީހުން ޕޮޒިޓިވްވެއްޖެ- މިއީ ނުރައްކަލުގެ ރަގަބީލެއް

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރި 3،835 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން  ޕޮޒިޓިވްވި 192 މީހުންނާ ...

ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ...