މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުން، އެ އެކަޑަމީގައި ޕައިލެޓް ލައިސަންސް ޕްރޮގްރާމްގެ ބާކީބައި ފުރިހަމަކުރުމަށް ލޯނު އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހޯމަ ދުވަހު ހުޅުވާލި މި ފުރުސަތުގެ ދަށުން ލޯނަށް އެދި ކުރިމަތިލެވޭނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ޕައިލެޓް ލައިސަންސް ފުރިހަމަކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގައި އެ ކޯހުގެ ބާކީބައި ފުރިހަމަކުރުމަށް ހަދަން ޖެހޭ ރިފްރެޝާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެކަންޏެވެ.

މި ލޯނަށް އެދުމުގެ ފުރުސަތު މި އޮގަސްޓް 15 ވާ ހޯމަ ދުވަހުގެ މެންދުރު 1:30 އަށް ހަމަވާނެއެވެ. މި މުއްދަތުގެ ތެރޭގައި ލޯނަށް އެދި ހަޔަރ އެޑިއުކޭޝަންގެ ޕޯޓަލް https://myedu.egov.mv މެދުވެރިކޮށް ހުށައެޅޭނެއެވެ. ލޯނަށް އެދޭއިރު މިނިސްޓްރީން ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯހުގައި މިހާތަނަށް 65 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 35 ދަރިވަރަކު ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިފްރެޝަރ ކޯހަކީ އޭއޭއޭ އިން އައްޑޫގައި ހިންގި ފްލައިންގ ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގާ ކޯހެކެވެ. އެގޮތުން އެ ކޯސް ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން ވަނީ ފުރުސަތު ދީފައެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީއަކީ ޤައުމީ އެއަރލައިން، މޯލްޑިވިއަން އާއި ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އުފެއްދި ފްލައިންގ ސްކޫލެކެވެ. މި ސްކޫލް ހިންގަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ގުޅިގެންނެވެ. މި ފްލައިންގ ސްކޫލް ހުޅުވީ އެކި ސަބަބުތަކާހުރެ އޭއޭއޭ އަށް ފްލައިންގ ސްކޫލް ނުހިންގި ގިނަ ދުވަސްވުމުން އެތަން ބަންދު ކުރުމާ ގުޅިގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުން އިތުރު 3 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 3 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވެފައިވަނީ ދޮށީ ...

އެޖެންޑާ19ގައި ރިސޯޓު މުވައްޒަފުންނަށް ދޭން ވައުދުވި މިންވަރު ދެން ލިބޭނެ: ފައްޔާޒު

19ވަނަ ރައްޔިތުން މަޖިލީހުގެ ކެމްޕެއިންގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ގެންގުޅުނު “އެޖެންޑާ19” ގައި ރިސޯޓު މުވައްޒަފުންނަށް ...

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޖުނައިދު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް، ކޮމިޝަނަރ ޖެނެރެލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑޫސިޓީ މީދޫ ކެނެރީވިލާ މުޙައްމަދު ޖުނައިދު ...