މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނެވުމަށް ވިދާޅުވެ ޑރ.މުޙައްމަދު އިޔާޟް، ޝައިޚް ޙުސައިން ރަޝީދަށް ރައްދު ދެއްވައިފިއެވެ.
ޔޯގާއަކީ ހަރާމްކަމެއްކަމަށް ބުނެ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ވަނީ ކަރުދާހެއް ޢާންމުކޮށްފައެވެ.
އެކަމާ ގުޅިގެން ޙުސައިން ރަޝީދު ވިދާޅުވީ ސަލަފު ޖަމްޢިއްޔާއާއި ޢަދާލަތު ޕާޓީއަކީ ރާއްޖޭގަ އިސްލާމީ ސިއްކަ ޖަހަން ކަނޑައެޅިފައި އޮންނަ ސިއްކަމަނިކުފާނެއް ނޫން ކަމަށެވެ. އަދި ތިޔައީ މުޅި ދުނިޔެއާ އިދިކޮޅަށް ސުންނަތެއް ފަރުޟަކަށް ހަދައި ކޮރޯނާ ސަފު ހެދުން ހުއްދަ ނުވާނެކަމަށް ފަތުވާދީ, ގޮތް ދޫނުކޮށް އޮތް ޖަމާޢަތެއްގެ މީހުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“ތިމާމެންގެ ކިބައިގައި ފިޤުހުވެރިކަން ނެތްކަން އަމިއްލައަށް އިހުސާސް ނުވުމަކީ އެންމެބޮޑު ނޭނގުން. އަދި މިއީ ވަރަށްބޮޑު ނުރައްކަލެއް.“ އޭނާ ވިދާޅުވިއެވެ.
އެ ގޮތުން އިޔާޟް ވިދާޅުވީ މީސްތަކުންނަށް ހެވާއި ނުބައި ބަޔާންކޮށްދިނުމުގެ ޒިންމާ އުފުއްލަން ޖެހެނީ ސިއްކަމަނިކުފާނު އެކަންޏެއް ނޫން ކަމަށެވެ. އަދި އެއީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ.
“މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނަވާ.“ އިޔާޟް ވިދާޅުވިއެވެ.
މަސްދަރު: ދިޑެއިލީ
ކޮމެންޓްސް (0)