ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަހުމަދު މުޖުތަބާ ކުއްލި ގޮތަކަށް މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

އާއިލާއެކު ޗުއްޓީއަށް އުފަން ރަށް، ގއ. ދެއްވަދޫގައި ހުއްޓައި ކުއްލިއަކަށް ބަލިވުމުން އެންމެ ފުރަތަމަ ގެންދިޔައީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ދެރަވެ، އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 39 އަހަރުގައި އޭނާ ނިޔާވީ އެވެ.

މުޖުތަބާ ވަނީ އެކައުންޓިންގެ ދާއިރާއިން މެލޭޝިޔާގެ މަލްޓިމީޑީއާ ޔުނިވާސިޓީން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފިނޭންސް އަށް ހާއްސަވެ، އޯޕަން ޔުނިވާސިޓީން 2012 ވަނަ އަހަރު މާސްޓާސް ހާސިލްކުރައްވައިފަ އެވެ.

ފިނޭންސް މިނިސްޓްރީއާ 2008 ވަނަ އަހަރު ގުޅިވަޑައިގެންނެވި މުޖުތަބާ ވަނީ ނޭޝަނަލް ޓެންޑާ ބޯޑުގެ ސެކްރެޓަރީކަން ވެސް ވަރަށް ގިނަ ދުވަހު ފުރުއްވައިފަ އެވެ. އޭގެ އިތުރުން ބިޑް ކޮމިޓީގެ ވައިސް ޗެއާމަންކަމާއި ސީއެމްޑީއޭގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާމަންކަމާއި އެ އޮތޯރިޓީގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުކަން ހިމެނެ އެވެ.

މުޖުތަބާއާއެކު މަސައްކަތްކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޖުތަބާ ނިޔާވުމަކީ އެ މިނިސްޓްރީ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެއީ ރައްޓެހިންނަށް އެހީތެރިވާ، ގާތް ގުޅުމެއް ބާއްވައި ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

މުޖުތަބާ އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައިވަނީ މިއަދުގެ މަޣުރިބް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޢީދު ނަމާދަށް ދާއިރު ސަމާލުވާންވީ ކަންކަން

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެންނަމަވެސް ...

ޔޫރޯ ފުޓްބޯޅަ މުބާރާތް : ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފި

ޔުއޭފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އިޓަލީން ކާމިޔާބުކޮށްފިއެވެ. ރޭ އިޓަލީގެ ރޯމުގައި ފެށުނު މި މުބާރާތުގެ ...

ހިތަދޫއާއި ހުޅުދޫ މީދޫއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށައިފި

ހިތަދޫއާއި ހުޅުދޫ އަދި މީދޫއާއި  ދެމެދު ކާގޯ ފެރީގެ ހިދުމަތް ދިނުން އަމިއްލަ ފަރާތަކުން ފަށައިފި އެވެ. ކާގޯ ...