މަންކީޕޮކްސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު، އެކަހެރިކޮށް ޓެސްޓުކުރަނީ

ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު،ރާއްޖެއިން ފެނި އެމީހާ އެކަހެރިކޮށް ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަވެއްޖެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔޫރަޕުގެ ގައުމަކަށް ނިސްބަތްވާ އެ މީހާ ގައިގާ ބިހިތަކެއް ނަގައިގެން ފުރަތަމަ ދެއްކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯޕީޑީއަށެވެ.

ނަމަވެސް ޗިކަންޕޮކްސްއާ ހިލާފަށް ގައިގާ ބޮޑެތި ފޮޅުތަކެއް ނަގައި، ފެންހެނދިފައި ހުރުމުން އެއީ މަންކީޕޮކްސްގެ އަލާމާތްތަކެއް ކަމަށް ޝައްކުކުރެވި، އޭނާ މިހާރު ވަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި އެކަހެރިކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. ނަމަވެސް މަންކީޕޮކްސްކަން އަދި ކަށަވަރެއް ނުވެ އެވެ.

މަންކީޕޮކްސްއަށް ޝައްކުކުރެވޭ މީހަކު އެކަހެރިކޮށް ބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިންވެސްވަނީ ހާމަކޮށްފައެވެ. މަންކީޕޮކްސްއަށް ޝައްކުކުރެވޭ މީހަކު އެކަހެރިކޮށްފައި މިވަނީ، ރާއްޖެއަށްވެސް މަންކީޕޮކްސް އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ އެޖެންސީން ބުނިތާ ހަތަރު ދުވަސް ފަހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމް.އެން.ޔޫ ވޮލީ ބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ނިޔާވެއްޖެ

ހުންއައިސް ހާލު ސީރިއަސްވެ އިންޑިއާގައި ބޭސްފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގައުމީ ޔުނިވާސިޓީގެ ދަރިވަރު އުމުރުން 19 އަހަރުގެ ...

ސްކޫލްތަކުގެ ދަރިވަރުންނަށް މިމަހު ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ނިންމައިފިއެވެ . މިގޮތުން އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ...

ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހަކާއި ...