އަދާލަތާއި ސަލަފުން ދައްކަނީ ސިޔާސީ ވާހަކަތަކެއް – މަހްލޫފް

އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާއިން ދައްކަނީ ސިޔާސީ ވާހަކަ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރުން ފެށިގެން ސަރުކާރު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަކުރަމުން އަންނަކަން ފާހަގަކުރައްވާ މަހްލޫފް ކުރެއްވި ޓުވީޓުގައި ވިދަޅުވީ، އިދިކޮޅު ޕީޕީއެމްއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަދި ސަލަފް ޖަމިއްޔާއަކީވެސް ސިޔާސީ ޕާޓީތަކެއް ކަމަށާއި، އެފަރާތްތަކުން ދައްކާނީ ސިޔާސީ ވާހަކަތައް ކަމަށެވެ.

އެތައް ދިވެހިންނާއި، ދީނީ އިލްމުވެރިން ޔޯގާ ހަރަކާތް ނުބާއްވަން ގޮވަނިކޮށް، އެހަރަކާތް ބޭއްވުމުން ހިގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މަހުލޫފް ގެންދަނީ އެކަމުގައި ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުންނެވެ.

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަކީ ޔޫތު މިނިސްޓްރީއާއި އިންޑިއާ އެމްބަސީ ގުޅިގެން ހިންގި ހަރަކާތެކެވެ. އެހެން ކަމުން އެހަރަކާތް ދިފާއު ކުރައްވައި މަހްލޫފް ގެންދަވަނީ ވާހަކަދައްކަމުންނެވެ.

އެ ސަބަބުތަކަކީ؛

ޔޯގާއަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ އިލްމުވެރިން ސޮއިކޮށް ފަތުވާއެއް ނެރެފި އެވެ. އެ ފަތުވާގައި ޔޯގާއަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފުވާ ކަމެއް ކަން ކަނޑައެޅިގެން ހާމަވާ އަދި އެކަމަށް އިލްމުވެރިން އެއްބަސްވެލައްވާ ހަތަރު ސަބަބެއް ވަނީ ހިމަނާފަ އެވެ.

  • ތައުހީދުގެ އަގީދާއާ ފުށޫއަރާ އިރަށް އަޅުކަން ކުރުމުގެ އަމަލުތައް ޔޯގާގެ އަސްލުގައި ހިމެނުން
  • ބުދަށް އަޅުކަން ކުރާ މީހުންގެ އަގީދާއާ ގުޅޭ ކަންކަމާ އެއްގޮތްވުމާ އެގޮތްތައް ޔޯގާގައި ހިމެނުން
  • އެއްވެސް އެއްޗެއް ނުލައި، ހުސްގަޔާ ހުރެ ބައެއް އަމަލުތައް ޔޯގާގައި ކުރުން
  • ޔޯގާ ކުރާއިރު އެ ކުރެވެނީ ކީއްކަން މުސްލިމުންނަށް ނޭނގޭ ހަގީގަތްތަކެއް ހިމެނިފައިވުން
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 23 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިއްޔެވެސް 23 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން ރޭ ...

ނަޝީދާ ވާހަކަ އެބަދެކެވޭ، ދެ ރައީސުން އެއްކޮށް ފެނުމުގެ އުންމީދު ބޮޑު: ފައްޔާޒް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީން ހުރިހާ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ރައީސް ...

މިވަގުތު ރަށުގައި ތިބިކުދިންނަށް ރަށުސްކޫލްގައި ކިޔެވޭނެ – އެޑިޔުކޭޝަން

މާލޭ ސްކޫލެއްގައިވިޔަސް އަދި އެހެން ރަށެއްގައި ކިޔަވަމުން ދިޔަ ކުއްޖަކު ކަމުގައިވިޔަސް ކޮވިޑް ގެ ސަބަބުން އެކުއްޖާގެ އަމިއްލަރަށަށް ...